ނުލިބ ހުރި ފައިސާގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ 8.2 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތްގޮތުން ލިބެން ޖެހޭ 6.2 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ނުލިބި 14.5 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރުނު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން 14,5 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުއްޓެވެ. މީގެތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ 8.2 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތްގޮތުން ލިބެން ޖެހޭ 6.2 ބިލިއަން ރުފިޔާ އެވެ.
މި މައުލޫމާތުތަކުން އެނގޭ ގޮތުގައި ސަރުކާރު ކުންފުނިތަކުން ދައުލަތަށް ނުލިބި 3,8 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މީގެތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ 3,7 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީން ލިބެން ޖެހޭ 60 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން މި މުއްދަތުގައި ސަރުކާރު ކުންފުނިތަކަށް 11 މައްސަލައެއްގެ 1.26 މިލިއަން ރުފިޔާ ވަނީ މައާފުކޮށް ދީފަ އެވެ. އަދި މިއާއެކު ޖުމްލަ 1,874 މައްސަލައެއް ރިވިއުކޮށް 102.26 މިލިއަން ރުފިޔާ ވަނީ މައާފުކޮށް ދީފަ އެވެ.