ޓެކްސް ދައްކާ ލިސްޓަށް އަލަށް 2,811 ވިޔަފާރި ވަދެއްޖެ

ދެވަނަ ކުއާޓަރު ނިމުނުއިރު އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ އަދަދު ވަނީ 2,811 އިތުރުވެ 92,206 އަށް އިތުރުވެފަ އެވެ.

މީރާގެ އޮފިޝަލެއް ވިޔަފާރިއެއްގެ ހިސާބު ޗެކް ކުރަނީ: ނުލިބި ހުރި ފައިސާ ހޯދަން މީރާއިން ގިނަ މަސައްކަތްތަކެއް ކުރޭ -- މީރާ

ރާއްޖޭގެ ވިޔަފާރިތައް އިތުރުވަމުންދާއިރު، އަލަށް ޓެކްސް ދައްކަން 2,811 ވިޔަފާރިއެއް ރަޖިސްޓްރީކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރުނު ދެވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރު ފެށުނުއިރު އިންކަމް ޓެކްސް ދައްކަން ރަޖިސްޓްރީކޮށްފައިވަނީ 89,404 ފަރާތަކުންނެވެ. ނަމަވެސް ދެވަނަ ކުއާޓަރު ނިމުނުއިރު އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ އަދަދު ވަނީ 2,811 އިތުރުވެ 92,206 އަށް އިތުރުވެފަ އެވެ. އަދި މި މުއްދަތުގައި އަލަށް ނުވަ ފަރާތެއް ވަނީ އިންކަމް ޓެކްސް ބްރެކެޓުން ނުކުމެފަ އެވެ.

ޓެކްސް ދައްކާ ފަރާތްތަަކަށް އައި ބަދަލު

  •  ޓޫރިޒަމް ޖީއެސްޓީ - 3,590
  •  ޓޫރިޒަމް ނޫން ޖީއެސްޓީ - 15,157
  •  ގްރީން ޓެކްސް - 3,000
  •  އެއާޕޯޓް ފީ - 56

މި ހިސާބުތަކުން އެނގޭ ގޮތުގައި ފުރަތަމަ ކުއާޓަރު ނިމުނުއިރު ޓޫރިޒަމް ޖީއެސްޓީ ދައްކަމުން ގޮސްފައިވަނީ 3,526 ވިޔަފާރިއަކުންނެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އަލަށް 101 ވިޔަފާރިއެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި 37 ފަރާތެއް މި ރަޖިސްޓްރީން އުނިވެފައިވެ އެވެ. މިއާއެކު ދެވަނަ ކުއާޓަރު ނިމުނުއިރު ޖުމްލަ ރަޖިސްޓްރީގައި 3,590 ވިޔަފާރި ހިމެނެ އެވެ.

ޓޫރިޒަމް ނޫން ޖީއެސްޓީ ދައްކަމުން ގޮސްފައިވަނީ 14,939 ވިޔަފާރިއަކުންނެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އަލަށް 432 ވިޔަފާރިއެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި 214 ފަރާތެއް މި ރަޖިސްޓްރީން އުނިވެފައިވެ އެވެ. މިއާއެކު ދެވަނަ ކުއާޓަރު ނިމުނުއިރު ޖުމްލަ ރަޖިސްޓްރީގައި 15,157 ވިޔަފާރި ހިމެނެ އެވެ. 

އަދި ގްރީން ޓެކްސް ދައްކަމުން ގޮސްފައިވަނީ 2,942 ވިޔަފާރިއަކުންނެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އަލަށް 65 ވިޔަފާރިއެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި 7 ފަރާތެއް މި ރަޖިސްޓްރީން އުނިވެފައިވެ އެވެ. މިއާއެކު ދެވަނަ ކުއާޓަރު ނިމުނުއިރު ޖުމްލަ ރަޖިސްޓްރީގައި 3,000 ވިޔަފާރި ހިމެނެ އެވެ. އަދި އެއާޕޯޓް ޓެކްސް ދައްކަމުން ގޮސްފައިވަނީ 56 ފަރާތެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.