އެލްނީނޯގެ ބާރު ގަދަވަމުންދާތީ ދުރާލާ ފިޔަވަޅު އަޅަން އެދިއްޖެ

އެހެންކަމުން، ހުރިހާ ދާއިރާތަކަކުން ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރާވައި ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

މާލޭ މަގުމަތި: މި ދުވަސްވަރަކީ ވަރަށް ހޫނު ދުވަސްވަރެއް -- މިރާ

ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލްނީނޯ" ގެ ބާރު އިތުރަށް ގަދަވަމުންދާތީ، އޭގެއިން އަތުވެދާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ދުރަލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެ އާއި އިރުމަތީ ސަރަހައްދުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބޮޑު ބަދަލެކެވެ. މިއީ އާންމުކޮށް ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި އުފެދޭ، އަދި ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާ ތަބީއީ ބަދަލެކެވެ.

އެންޑީއެމްއޭ އިން މިއަދު ބުނީ އެލްނީނޯގެ ބާރު ގަދަވަމުންދާއިރު، އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން، ހުރިހާ ދާއިރާތަކަކުން ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރާވައި ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

އެ އިދާރާއިން ވަނީ ހާއްސަ ސަމާލުކަން ދޭންޖެހޭ ކަންކަން ވެސް ފާހަގަކޮށްފަ އެވެ. އެއީ؛

  •  ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުން
  •  ޒަރޫރީ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތަކުންނާއި މުއައްސަސާތަކުން 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވައިލުމާއި މުރާޖައާކުރުން
  •  މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން
  •  މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިން ބުނެފައިވާ ގޮތުގައި، އެލްނީނޯގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ވެސް އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކަށް އޮތް ނުރައްކާ ވަރަށް ބޮޑެވެ. 

އަދި ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަނުން މަސްވެރިކަމަށް ގޮންޖެހުން ބޮޑު ކަމަށްވެސް އެ އިދަރާއިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.