އަލިފާނުގެ ހާދިސާގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ޔާމީން ޗިޓާ ހަވާލު ނުވި

އެގޮތުން އިއްޔެ ހ. ދޫވެއްސަށް ގޮސް ޔާމީނާ ބައްދަލުކޮށް، ޗިޓު ހަވާލުކުރަން އުޅުނު ނަމަވެސް، އެ ޗިޓާ ހަވާލުވެވަޑައިގަންނަވަން ޔާމީން އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން --

ތިން މިނިސްޓްރީއެއްގައި ގަސްތުގައި ރާވައިގެން އަލިފާން ރޯކޮށްލީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތުތަކާ ގުޅިގެން ފުލުހަށް ހާޒިރުވެ މައުލޫމާތު ދެއްވުމަށް އެންގުމުން، ޗިޓާ ހަވާލުނުވެ، އެކަމާ ގުޅޭ މައުލޫމާތު ނޭންގޭ ކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ފުލުހަށް އަންގަވައިފި އެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި ގޮތުގައި ޑިސެމްބަރު 12، 2024 ގައި ތިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރި ކަމެކެވެ. އަދި ރޯކޮށްލި މީހާ ފުލުހުންނަށް ވެސް އެނގޭނެ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ދެއްކެވި ވާހަކަތަކަކީ އެ މައްސަލައިގެ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށް ވާތީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތުތައް ހިއްސާކުރަން ފުލުހަށް ހާޒިރުވެވަޑައިގަންނަވަން ޗިޓު ހަވާލުކުރަން ފުލުހުން މަސައްކަތް ކުރި ކަމަށެވެ.

އެގޮތުން އިއްޔެ ހ. ދޫވެއްސަށް ގޮސް ޔާމީނާ ބައްދަލުކޮށް، ޗިޓު ހަވާލުކުރަން އުޅުނު ނަމަވެސް، އެ ޗިޓާ ހަވާލުވެވަޑައިގަންނަވަން ޔާމީން އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އޭގެ ފަހުން ލިޔުމަކުން ޔާމީން ވަނީ ފުލުހަށް ޖަވާބު ދެއްވާފަ އެވެ. އެ ލިޔުމުގައި، އިތުރަށް އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހަށް ހާޒިރުވާން ޖެހޭ ބޭނުމެއް ނެތް ކަމަށް ބަޔާން ކުރައްވާފައިވެ އެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ މަސައްކަތްކުރާ މުއައްސަސާތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތުނުހިފޭ މައުލޫމާތު އާންމުކުރެއްވުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހާ ފަރާތްތަކަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.