އެއް ބިލިއަން ޑޮލަރުގެ ޕެންޝަން ފަންޑު | ހަ މަހުގެ ޖަމާ 16 ޕަސެންޓް އިތުރު

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް ގައި 107,000 އަށްވުރެ ގިނަ މެމްބަރުން މިހާރުވެސް ދަނީ މި ފަންޑަށް ފައިސާ ޖަމާކުރަމުންނެވެ.

ޕެންޝަން ފަންޑުން އާއްމުންނަށް ހިންގި ހަރަކާތެއް -- ޕެންޝަން

ރާއްޖޭގެ ޕެންޝަން ފަންޑުގެ ސައިޒު ބޮޑުވެ އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު ވެގެން ގޮސްފައިވާއިރު، މި އަހަރުގެ ފުރަތަމަ ހަތަރު މަހު ޕެންޝަން ދެއްކި އަދަދު ކުރީ އަހަރަށްވުރެ 15.96 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ދައްކައިފި އެވެ. 

ޕެންޝަން އޮފީހުން ހިއްސާކުރި މައުލޫމާތުގެ މައްޗަށް، މޯލްޑިވްސް ސްޓެޓިސްޓިކްސް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖަނަވަރީން އޭޕްރީލްގެ ނިޔަލަށް 488 މިލިއަން ރުފިޔާ ވަނީ ޕެންޝަނަށް ޖަމާވެފަ އެވެ. މިއީ މި އަހަރުގެ ވަޖަނަވަރީ އިން އޭޕްރީލްގެ ނިޔަލަށް ޕެންޝަނަށް ޖަމާވި 565.8 މިލިއަން ރުފިޔާ ރުފިޔާއާ އަޅާބަލާއިރު 77.8 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޕެންޝަން އޮފީހުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އާންމުކޮށްފައިވާ މި ތަފާސްހިސާބުތަކުން ދައްކާގޮތުން ޖުމްލަ ކޮންޓްރިބިއުޝަންގެ ގޮތުގައި މި އޭޕްރީލް މަހު ޖުމްލަ 175.7 މިލިއަން ރުފިޔާ ވަނީ ޕެންޝަން ސްކީމަށް ޖަމާކޮށްފައެވެ. މިއީ އޭގެ ކުރީ މަސްތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. 

އެންމެ ބޮޑު އަދަދަކަށް ޕެންޝަން ޖަމާކޮށްފައިވަނީ ޕަބްލިކް ސެކްޓާ ނުވަތަ ދައުލަތުގެ މުވައްޒަފުންގެ ފަރާތުންނެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ ޕެންޝަން ކޮންޓްރިބިއުޝަން 113.6 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ޕްރައިވެޓް ސެކްޓަރު ނުވަތަ އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ ޕެންޝަން ކޮންޓްރިބިއުޝަން މ އަހަރުގެ އެޕްރީލް މަހު ހުރީ 62 މިލިއަން ރުފިޔާގަ އެވެ. 

ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒީދު މުހައްމަދު

ޕެންޝަން ފަންޑު ބޮޑުވަމުންދާއިރު ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް ގައި 107,000 އަށްވުރެ ގިނަ މެމްބަރުން މިހާރުވެސް ދަނީ މި ފަންޑަށް ފައިސާ ޖަމާކުރަމުންނެވެ. ޕެންޝަން ޖަމާކުރަން ޖެހެނީ ވަޒީފާ އަދާކުރާ ފަރާތުގެ އަސާސީ މުސާރައިގެ 7 ޕަސެންޓް އަދި ވަޒީފާދޭ ފަރާތުން 7 ޕަސެންޓާއެކު ޖުމްލަ 14 ޕަސެންޓެވެ. މިހާރު ފަންޑުގެ ޖުމްލަ އަދަދު ވަނީ 1.81 ބިލިއަން ޑޮަލަރު (ގާތްގަނޑަކަށް 28 ބިލިއަން ދިވެހި ރުފިޔާ) އަށް އަރާފަ އެވެ. 

އަސާސީ ޕެންޝަން ދޫކުރާ މިންވަރު - އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ދެވޭ އަސާސީ ޕެންޝަންގެ ދަށުން، ކޮންމެ މަހަކުވެސް 27,000 އަށްވުރެ ގިނަ މީހުންނަށް ޕެންޝަން ފައިސާ ދޫކުރެ އެވެ. މިސާލަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 8 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އަސާސީ ޕެންޝަނަށް ދައުލަތުން ހަރަދުކުރެއެވެ

އިންވެސްޓްމަންޓްތައް - މެމްބަރުން ޖަމާކުރާ ފައިސާ އިތުރުކުރުމަށްޓަކައި ސަރުކާރުގެ ޓްރެޝަރީ ބިލާއި ބޮންޑުތަކުގެ އިތުރުން އެކިއެކި ކުންފުނިތަކުގެ ހިއްސާގައި ޕެންޝަން އޮފީހުން އިންވެސްޓްކުރެއެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމުގެ ލޯނުތަކަށް ޑައުންޕޭމަންޓް ދެއްކުމަށްވެސް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓަރަލްއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ފައިސާ އިންވެސްޓްކުރާ މައިގަނޑު ދާއިރާތައް

ސަރުކާރުގެ ޓްރެޝަރީ ބިލް އަދި ބޮންޑު - ޕެންޝަން ފަންޑުގެ އެންމެ ބޮޑު ބައެއް އިންވެސްޓްކުރަނީ ސަރުކާރުގެ ޓީ-ބިލް އަދި ބޮންޑުތަކުގައެވެ. މިއީ ސަރުކާރުން ގެރެންޓީ ދީފައިވާތީ ރިސްކު އެންމެ ކުޑަ އިންވެސްޓްމަންޓެވެ.

ހިއްސާގެ ބާޒާރު - ރާއްޖޭގެ ބޮޑެތި އަދި ފައިދާވާ ކުންފުނިތަކުގެ ހިއްސާ ޕެންޝަން ފަންޑުން ގަނެފައިވެއެވެ. މީގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގު، އުރީދޫ، އެސްޓީއޯ، އަދި އެމްޓީސީސީ ފަދަ ކުންފުނިތައް ހިމެނެއެވެ.

ބޭންކް ޑިޕޮސިޓް - ރާއްޖޭގައި ހިންގާ ބޭންކުތަކުގައި ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައިވެސް ފަންޑުގެ ބައެއް ފައިސާ ބަހައްޓައެވެ.

ފަންޑުން ފައިސާ ނެގޭނެ ހާލަތްތައް

މި އިންވެސްޓްމަންޓްތަކުން ލިބޭ ހުރިހާ ފައިދާއެއް (އޮފީސް ހިންގުމުގެ ކުޑަ ފީއެއް ކެނޑުމަށްފަހު) ސީދާ ޖަމާވަނީ މެމްބަރުންގެ ޕެންޝަން އެކައުންޓަށެވެ. މި ފަންޑުން ފައިސާ ހަަރަދު ކުރެވޭނީ މުސްކުޅިވުމުން ލިބޭ ޕެންޝަން (65 އަހަރު) ފުރުމުންނެވެ. މިއީ ޕެންޝަން ފަންޑުގެ އެންމެ މައިގަނޑު ބޭނުމެވެ. އުމުރުން 65 އަހަރު ފުރޭ ދުވަހުން ފެށިގެން، ފަންޑުގައި ޖަމާކުރެވިފައިވާ ފައިސާއާއި އޭގެ ފައިދާއަށް ބިނާކޮށް ކޮންމެ މަހަކުވެސް ތިބާއަށް ޕެންޝަން ފައިސާ ލިބެމުންދާނެ އެވެ. މީގެ އިތުރުން ގެދޮރު ގަތުމަށް ނުވަތަ "ހައުސިން ސްކީމް" ތަކަށެވެ. އެގޮތުން އަލަށް ގެދޮރު ގަންނަ ނުވަތަ އިމާރާތްކުރާ ފަރާތްތަކަށް ހައުސިން ލޯނުގެ ޑައުންޕޭމަންޓް ދެއްކުމަށްޓަކައި ޕެންޝަން އެކައުންޓުގައި ހުރި ފައިސާ (ކޮލެޓަރަލްއެއްގެ ގޮތުގައި) ބޭނުންކުރެވޭނެ އެވެ. މީގެ ސަބަބުން އަތުން އެއް ފަހަރާ ބޮޑު އަދަދެއް ނުދައްކައި ލޯނު ހަމަޖެއްސުމަށް މަގު ފަހިވެ އެވެ. 

ފަރުޟު ޙައްޖުވުމަށް ވެސް ބޭނން ކުރެވެ އެވެ. އަލަށް ޙައްޖަށްދާ މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ކަނޑައެޅިފައިވާ މިންވަރެއް ދޫކުރެ އެވެ. މި ފައިސާ ދޫކުރަނީ ސީދާ ޙައްޖު ކޯޕަރޭޝަނަށެވެ. އަދި ކުރީބައިގައި ޕެންޝަން ނެގުމަށ އުމުރުން 55 އަހަރު ފުރުމަށްފަހު، ޕެންޝަން އެކައުންޓުގައި އެކަށީގެންވާ ވަރަށް (ޤާނޫނުގައި ކަނޑައަޅާފައިވާ ވަކި މިންވަރަކަށް) ފައިސާ ހުރިނަމަ، ވަޒީފާއިން ވަކިވެ އުމުރުން 65 އަހަރު ވުމުގެ ކުރިންވެސް ކޮންމެ މަހަކު ޕެންޝަން ނަގަން ފެށިދާނެ އެވެ. އަދި ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވާ ހާލަތުގައިވެސް މި ފަންޑުގެ ބޭނުން ކުރެވެ އެވެ. އަނިޔާއެއްގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން މަސައްކަތް ނުކުރެވޭ ފަދަ ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެއްޖެނަމަ، އުމުރުން 65 އަހަރު ވުމުގެ ކުރިންވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭނެ އިންތިޒާމު ހަމަޖެހިފައިވެ އެވެ. އަދި ޕެންޝަން ދައްކާ ފަރާތް ނިޔާވެއްޖެނަމަ ޕެންޝަން ފަންޑުގައި ފައިސާ ޝަރުޢީ ހަމަތަކުގެ މަތިން އެ މީހެއްގެ ވާރުތަވެރިންނަށް ބަހައި ދެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.