މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިދިޔަ ހަފްތާގެ ނިޔަލަށް ހަމަޔަށް ޝަހީރު ހުންނެވީ އެޗްޑީސީގެ ޗެއާމަންގެ މަގާމުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ އެޗްޑީސީން ވަކިކޮށްފަ އެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަންގެ މަގާމަށް އަހުމަދު ޝަހީރު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ އެމްޓީޑީސީގެ ޗެއާމަންގެ މަގާމާއި ޑިރެކްޓަރުންގެ ބޯޑަށް، ޝަހީރު އައްޔަނު ކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިދިޔަ ހަފްތާގެ ނިޔަލަށް ހަމަޔަށް ޝަހީރު ހުންނެވީ އެޗްޑީސީގެ ޗެއާމަންގެ މަގާމުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ އެޗްޑީސީން ވަކިކޮށްފަ އެވެ.
ޝަހީރު ވަނީ މީގެ ކުރިން ފެނަކައިގެ ޗެއާމަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އެސްޓީއޯގެ އެމްޑީގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.