ރެއިލިން ހަރުކޮށް، އިމާރާތް ރައްކާތެރިކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

އިއްޔެ އެ މަސައްކަތް ފެށުމަށް ފަހު ހިޔާ ފްލެޓުގެ ބައެއް އެޕާޓްމަންޓުތަކަށް އެޗްޑީސީގެ މުވައްޒަފުން ގޮސް ވަނީ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްފަ

ހިޔާ ފްލެޓުތައް--ފޮޓޯ: ވަން

ހުޅުމާލޭގައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތައް ރައްކާތެރި ކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން އިއްޔެ ފަށައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ދެ އިމާރާތަކުން ދެ ކުއްޖަކު ވެއްޓުނު ހާދިސާއެއް ކައިރި ކައިރީގައި ހިނގާފައިވަނިކޮށް އެޗްޑީސީން ވަނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ހިޔާ ފްލެޓާއި ވިނަރެސް އަދި އަމަން އުދަރެސް ފަދަ ފްލެޓުތަކުގެ ބެލްކަނިތަކާއި ކުޑަދޮރުތައް ރައްކާތެރި ކޮށްދިނުމަށް ސީއެސްއާރްގެ ދަށުން އެހީވާން ނިންމައިފަ އެވެ.

އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިމާރާތްތަކުގެ ބެލްކަނީ އަދި ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް އެހީތެރިކަމަށް އެދިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ ބައެއް ހިޔާ ފްލެޓުތަކަށް އެޗްޑީސީގެ މުވައްޒަފުން ގޮސް ކުޑަދޮރުގައި ކުޑަދޮރުތަކުގައި ގްރިލް ހަރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުޑަދޮރުތަކުގައި ދާގަނޑު ޖަހައި ރައްކާތެރި ކުރުމުގެ އިތުރުން ބެލްކަނިތައް އުސް ކުރަން ވެސް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އަދި އެކަން ކުރަން އެދުނު ފަރާތްތަކުގެ ތެރެއިން އިސްކަން ދޭނީ އޭޑީއެޗްޑީ އާއި ނަފްސާނީ ބަލި ފަދަ ކަންކަން ބޮޑަށް ތަހައްމަލުކުރަމުން މީހުން ދިރިއުޅޭ ގެތަކަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.