ޖީޑީޕީ ހިސާބު | މިދިޔަ އަހަރު ބޮލަކަށް ޖެހޭ އާމްދަނީ 8 ޕަސެންޓް އިތުރުވި

މދިޔަ އަހަރު ރާއްޖޭގައި ބޮލަކަށް ޖެހޭ ޖީޑީޕީ ވަނީ ބޮޑު ކުރިއެރުމެއް ހޯދައި 13,321 އެމެރިކާ ޑޮލަރަށް އަރާފަ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 8.4 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގައި މަސައްކަތް ކުރަން ގެނެސްފައިވާ ހިލަތަކެއް -- އެމްޓީސީސީ

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަލުން ބޮލަކަށް ޖެހޭ އާމްދަނީ ނުވަތަ "ޖީޑީޕީ" މިދިޔަ އަހަރު 8 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު މިދިޔަ އަހަރުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓްސް (ޖީޑީޕީ) ރިޕޯޓުގައިވާ ގޮތުން މދިޔަ އަހަރު ރާއްޖޭގައި ބޮލަކަށް ޖެހޭ ޖީޑީޕީ ވަނީ ބޮޑު ކުރިއެރުމެއް ހޯދައި 13,321 އެމެރިކާ ޑޮލަރަށް އަރާފަ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 8.4 ޕަސެންޓްގެ ބޮޑު ކުރިއެރުމެކެވެ. މި އަދަދު 2024 ގައި ހުރީ ގާތްގަނޑަކަށް 12,288 އެމެރިކާ ޑޮލަރު ގަ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ އެވްރެޖް ކުރިއެރުން ހުރީ 8.0 ޕަސެންޓެވެ. މުޅި އިގްތިސާދަށް ބަލާއިރު މިދިޔަ އަހަރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ވަނީ 10.1 ޕަސެންޓްގެ ކުރިއެރުމަކާއެކު 119,352 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އަދި ރިއަލް ޖީޑީޕީ (2019 ގެ އަގުތަކަށް ބިނާކޮށް) ވަނީ 6.3 ޕަސެންޓް ކުރިއަރައި 107,103 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.  

އެކި ދާއިރާތަކުން ޖީޑީޕީ ކުރިއެރުން

  •  މަސްވެރިކަން - 24.8 ޕަސެންޓްގެ ކުރިއެރުން (މިއީ އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދާއިރާ)
  •  މާލީ ޚިދުމަތްތައް - 9.0 ޕަސެންޓްގެ ކުރިއެރުން
  •  ފަތުރުވެރިކަން - 8.3 ޕަސެންޓްގެ ކުރިއެރުން
  •  ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތް - 5.7 ޕަސެންޓްގެ ކުރިއެރުން
  •  ޞިއްޙީ އަދި އިޖުތިމާޢީ ހިދުމަތް - 5.2 ޕަސެންޓްގެ ކުރިއެރުން
  •  ޢިމާރާތްކުރުން - 4.4 ޕަސެންޓްގެ ކުރިއެރުން
  •  ރިއަލް އެސްޓޭޓް - 3.4 ޕަސެންޓްގެ ކުރިއެރުން
  •  ސަރުކާރު ހިންގުން - 2.8 ޕަސެންޓްގެ ކުރިއެރުން
  •  ހޯލްސޭލް އަދި ރީޓޭލް ވިޔަފާރި - 0.9 ޕަސެންޓްގެ ކުރިއެރުން
  •  ތަޢުލީމީ ދާއިރާ- 0.5- ޕަސެންޓް (މި ދާއިރާއަށް ކުރިއެރުމެއް ނުލިބި ވަނީ ދަށަށް ގޮސްފައި)

ގައުމީ އުފެއްދުންތެރިކަމަށާއި ބޮލަކަށް ޖެހޭ އާމްދަނީއަށް މިހާ ބޮޑު ކުރިއެރުމެއް ލިބުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ މައިގަނޑު ދެ ސިނާޢަތް ކަމަށްވާ ޓޫރިޒަމާއި މަސްވެރިކަމަށް އައިސްފައިވާ ހެޔޮ ބަދަލުތަކެވެ. އެގޮތުން، ޖީޑީޕީގެ 20.3 ޕަސެންޓް ހިއްސާކުރާ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ދާއިރާ ވަނީ 8.3 ޕަސެންޓްގެ ކުރިއަރާފަ އެވެ. މިއީ ޔޫރަޕާއި ޗައިނާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެ، ޓޫރިސްޓން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު 7.9 ޕަސެންޓް (14,213 ހާހަށް) އިތުރުވުމުގެ ނަތީޖާ އެވެ.  

ހަމައެއާއެކު ދިވެހި ގިނަ ބަޔަކު އުޅޭ މަސްވެރިކަމުގެ ސިނާޢަތަށް ވަނީ އާދަޔާޚިލާފު ބޮޑު ކުރިއެރުމެއް މިދިޔަ އަހަރު ލިބިފައެވެ. މަސްވެރިން ބޭނި މަހުގެ އަދަދު 39.4 ޕަސެންޓް އިތުރުވުމާ ގުޅިގެން، މުޅި ސިނާޢަތް ވަނީ 24.8 ޕަސެންޓްގެ ކުރިއަރާފަ އެވެ. މީގެ އިތުރުން މާލީ ހިދުމަތްތަކުގެ ދާއިރާ ވެސް ވަނީ 9.0 ޕަސެންޓް ކުރިއަރާފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.