ހުޅުމާލޭން އެޕާޓްމެންޓް ކުއްޔަށް ދޭ ކަމަށް ބުނެ ސްކޭމް ހިންގަނީ، ސަމާލުވޭ

އެގޮތުން "ހުޅުމާލެ ޑެއިލީ ރެންޓް އެޕާޓްމެންޓް" ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަން

ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ސްކޭމް ހިންގަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެގޮތުން "ހުޅުމާލެ ޑެއިލީ ރެންޓް އެޕާޓްމެންޓް" ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަން ވެސް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ސްކޭމް ކުރާ ގޮތްތައް

ސްކޭމަރުން ސްކޭމް ކުރާ ގޮތްތަކުގެ ތެރޭގައި އޮޅުވާލައިގެން އިޝްތިހާރުކުރުން ހިމެނެ އެވެ. ފުލުހުން ބުނީ މީހުން ޝައުގުވެރި ކުރުވުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ވީޑިއޯއާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުމާއި، އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭކަމަށް ބުނެ އިޝްތިހާރުކުރުންފަދަ ކަންކަން ފާހަގަވެފައިވާ ކަމަށެވެ.

ސްކޭމަރަކާ މީހަކު ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީންޝޮޓްތަކެއް

އަދި އަވަސް އަރުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރުމުގެ ގޮތުން، މެސެޖިން ޕްލެޓްފޯމްތަކުން މުއާމަލާތްކުކޮށް، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުން ވެސް އެދެމުންދާ ކަމަށް ބުނެ އަވަސް އަރުވާލައިގެން ބުކިން ކަށަވަރުކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން، ވަކި ބޭންކް އެކައުންޓްތަކަކަށް 2،550ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް ބުނާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެއިތުރުން، މީހުންގެ އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވުމާއި ފައިސާ ޓްރާންސްފާ ކުރި ސްލިޕް ފޮނުވުމާއެކު، އެ ފަރާތްތަކާ ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާވެސް އަނބުރާ ނުދޭކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ މިފަދަ ސްކޭމްތަކަށް ރައްކާތެރިވުމުގެ ގޮތުން ކުއްޔަށް ނަގާތަން ބެލުމާއި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިން ފީއެއް ނުފޮނުވުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.