މިދިޔަ މަހު ސީޓުއެއާ މެދުވެރިކޮށް ރާއްޖޭން 394 ޓަނަށްވުރެ ގިނަ މުދާ

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ވަނީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ އެކްސްޕޯޓުކޮށްފައެވެ.

ސީ ޓު އެއާ ކާގޯ ވިޔަފާރީގައި ޔޫރަޕަށް ބޭރުކުރަން ވީއައިއޭގައި ހުރި މުދާ އެމިރޭޓްސްއަށް އަރުވަނީ -- އެމްއޭސީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ "ސީ-ޓު-އެއާ ކާގޯ" ޚިދުމަތުގެ ދަށުން، މިދިޔަ މަހު 394 ޓަނަށްވުރެ ގިނަ މުދާ ރާއްޖެ އިން ބޭރަށް ފޮނުވައިފި އެވެ.

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ވަނީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ އެކްސްޕޯޓުކޮށްފައެވެ.

ތަފާސްހިސާބުތަކުގެ ހުލާސާ

  •  ފޮނުވުނު މުދަލުގެ ބަރުދަން 394.53 ޓަނު
  •  ކޮންޓޭނަރުގެ ޢަދަދު 89
  •  މުދާ އުފުލި އެއަރލައިންތައް - 5 އެއާލައިނެއް (އެއާ އަރަބިއާ، އިއްތިހާދު އެއާވޭސް އާއި ޤަތަރު އެއާވޭސް އަދި ސްވިސް އަދި ޓާކިޝް އެއާލައިން

މި މުދާތައް ފޮނުވާފައިވާ މައިގަނޑު މަންޒިލްތަކުގެ ތެރޭގައި ޔޫރަޕްގެ ގިނަ ޤައުމުތަކަކާއި އެމެރިކާ ހިމެނެއެވެ. 

ފޮނުވި ގައުމުތައް

  •  ފަރަންސޭސިވިލާތް
  •  ޖަރުމަނުވިލާތް
  •  އިޓަލީ
  •  ނެދަލޭންޑްސް
  •  ޕޯޗުގަލް
  •  ރޮމޭނިއާ
  •  ރަޝިޔާ
  •  ސްޕެއިން
  •  ސްވީޑަން
  •  ތުރުކީ
  •  އިނގިރޭސިވިލާތް (ޔޫ.ކޭ)
  •  އެމެރިކާ (ޔޫ.އެސް.އޭ)

ސީ-ޓު-އެއަރ ކާގޯ ހިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެނެވޭ މުދާ، ވައިގެމަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަވަސްކަމާއެކު ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ މުހިންމު ލޮޖިސްޓިކްސް ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ މެރިޓައިމް އަދި އޭވިއޭޝަން ސިނާޢަތް ގުޅިގެން އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް އަންނާނެކަމަށް ބެލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.