ދިރާގުގެ މެޖޯރިޓީ ހިއްސާ އަދި އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓް ހިއްސާ ސަރުކާރަށް ގަންނަނީ

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ 51 ޕަސެންޓަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމަށްޓަކައި އަދި ރާއްޖޭގެ އިގުތިސޯދު އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް،"

ދިރާގު ހެޑް އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިރާގާއި ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ވިއްކައިލި ހިއްސާތައް ސަރުކާރަށް އަނބުރާ ގަންނަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ދިރާގަކީ ކުރިން ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއް ނަމަވެސް، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ހިއްސާތައް ވިއްކާލާފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ވަރަށް ބޮޑު ހަރު މުދަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ 51 ޕަސެންޓަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމަށްޓަކައި އަދި ރާއްޖޭގެ އިގުތިސޯދު އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މިހާރު ދިރާގުގައި އޮންނަނީ ސަރުކާރުގެ 41.8 ޕަސެންޓު ހިއްސާ އެވެ. އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ (52 ޕަސެންޓު) ހިއްސާ ކުރަނީ ބަހުރެއިންގެ ބަޓެލްކޯ އެވެ. ބާކީ 6.2 ޕަސެންޓް ހިއްސާއަކީ އާންމުންނަށް ވިއްކާފައިވާ ހިއްސާ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ މިވަގުތު އެމްޑަބްލިއެސްސީގައި އޮތީ ސަރުކާރުގެ 80 ޕަސެންޓް ހިއްސާ ކަމަށާއި، ބާކީ 20 ޕަސެންޓް ހިއްސާ އޮތީ ބޭރުކުންފުންޏެއްގެ އަތްދަށުގައި ކަމަށެވެ. އެއީ ޖަޕާނުގެ ހިޓާޗީ ކުންފުންޏެވެ.

އެހެންކަމުން އެ ކުންފުންޏަކީ 100 ޕަސެންޓް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ހިއްސާ ވެސް ވިއްކާލީ ނަޝީދުގެ ވެރިކަމުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.