އެއްފަހަރާ އެންމެ ގިނަ ބަޔަކު ސްނޯކަލް ކުރުމުގެ ވޯލްޑް ރެކޯޑް ބީއެމްއެލްއިން މުގުރާލައިފި

މި ތާރީހީ ކާމިޔާބީ ހާސިލްކޮށްފައިވަނީ ބީއެމްއެލްގެ މުވައްޒަފުންނާއި ނިވާ ކުރުނބާ މޯލްޑިވްސްގެ ސްޓާފުންގެ އިތުރުން އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންގެ ބައިވެރިވުމާއެކުގަ އެވެ.

ބީއެމްއެލްއަށް އެންމެ ގިނަ ބަޔަކު ސްނޯކަލް ކުރުމުގެ ގިނިސް ވޯލްޑް ރެކޯޑް ހަވާލު ކުރަނީ -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްފަހަރާ އެންމެ ގިނަ ބަޔަކު ސްނޯކަލް ކުރުމުގެ ގިނިސް ވޯލްޑް ރެކޯޑް ހާސިލްކޮށްފި އެވެ. "ނިވާ ކުރުނބާ މޯލްޑިވްސް" ގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޖުމްލަ 314 މީހުން ވަނީ ބައިވެރިވެފައެވެ.

މި ރެކޯޑު ހެދުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަރުތަކުގެ ނާޒުކުކަމާއި ރީތިކަން އާންމުންނަށް އަމިއްލައަށް ތަޖުރިބާކުރުމުގެ ފުރުސަތުދީ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މި މުހިންމު މަސައްކަތުގައި އާންމު ފަރުދުންނާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ބީއެމްއެލްއިން ވަނީ މި ހަރަކާތް މެދުވެރިކޮށް އަމާޒު ހިފާފައެވެ.

މި ތާރީހީ ކާމިޔާބީ ހާސިލްކޮށްފައިވަނީ ބީއެމްއެލްގެ މުވައްޒަފުންނާއި ނިވާ ކުރުނބާ މޯލްޑިވްސްގެ ސްޓާފުންގެ އިތުރުން އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންގެ ބައިވެރިވުމާއެކުގަ އެވެ. މި ހަރަކާތް ރަސްމީކޮށް ކަށަވަރުކުރުމަށްފަހު ގިނިސް ވޯލްޑް ރެކޯޑުގެ ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އެވެ. އަދި 
މި ލިޔުން ހަވާލު ކޮށްދެއްވީ މޯޓަން ޖޫނިއާ ޖެނެރަލް މެނޭޖަރު އެވެ. 

މި ހަރަކާތަކީ ބީއެމްއެލްގެ "އެންވީ ޕީއޯއެސް" އިނިޝިއޭޓިވްގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އަދި ބީއެމްއެލް ޕީއޯއެސް ޓާމިނަލްތައް މެދުވެރިކޮށް ކުރާ ކޮންމެ މުއާމަލާތަކުން ބޭންކަށް ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ތިމާވެށީގެ ހަރަކާތްތަކަށް ފަންޑުކުރުމަށް ހޭދަކުރެ އެވެ. މިކަމަށްޓަކައި ކަސްޓަމަރުން ނުވަތަ ވިޔަފާރިވެރިންގެ އަތުން އިތުރު ފައިސާއެއް ނުކެނޑޭނެއެވެ.
މި ފަންޑުގެ ދަށުން ޕާލޭ މޯލްޑިވްސް އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް ފަދަ ޖަމިއްޔާތަކާ ގުޅިގެން ކަނޑަށް އެޅޭ ޕްލާސްޓިކް ނަގައި، ރީސައިކަލްކޮށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެހީތެރިވެދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.