ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް، އާރްޑީސީ އުވާލައި އެމްޓީސީސީގެ ދަށަށް ބަދަލުކުރަނީ

"ޑުޕްލިކޭޝަން ވަރަށް ގިނަ، ހަރަދު ވަރަށް ގިނަ. އެހެންވީމަ އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާކުރުމަށްޓަކައި މި ބަދަލު މި ގެންނަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް އަދި މަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި އެމްޓީސީގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.

ރައީސް އޮފީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުުން ހާމަވާ ކަމަށާއި އެހެންވެ އެތަނުގެ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. 

އަދި ފަންނީ ބޭފުޅުންނާ ހަވާލާދީ ރައީސް ވިދާޅުވީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫން ކަމަށާއި އެހެންކަމުން އެ ކުންފުނި އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އާރްޑީސީން ކުރާ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީން ވެސް ކުރަމުންދާ ކަމަށާއި އެއް މަސައްކަތެއް ދެ ކުންފުނިން ކުރަމުންދާތީ ހަރަދުތައް ވެސް ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމްޓީސީސީއަކީ އެހެން އުމްރާނީ މަސައްކަތްތައް ވެސް ކުރާ ކުންފުންޏަކަށްވާތީ، އާރްޑީސީ އުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ޑުޕްލިކޭޝަން ވަރަށް ގިނަ، ހަރަދު ވަރަށް ގިނަ. އެހެންވީމަ އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާކުރުމަށްޓަކައި މި ބަދަލު މި ގެންނަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ދެ ކުންފުނި އުވާލުމުގެ މަސައްކަތާއެކު، ކުންފުނިތަކުގައި އިތުރަށް ތިބި މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.

"އެފިޝިއެންޓް، މުވައްޒަފުން މަދު، ހަރުދަނާ ނިޒާމެއްގެ ތެރެއިން ސަރުކާރުގެ ކުންފުނިތައް ހިނގަމުން ދާނެ ގޮތަށް ބަދަލުތައް މިގެނެވެނީ،" ރައީސް ވިދާޅުވި އެވެ.

އޭގއިތުރުން، އެގްރޯނެޓް ކުންފުނި، މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާކަން ވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ. މި ބަދަލާއެކު މަސްވެރިކަމާއެކު ދަނޑުވެރިކަމުގެ ސިނާއަތްވެސް ފުޅާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.