ރޮބަޓެއްގެ އެހީގައި ކަކުލު ހުޅު ބަދަލު ކުރާ، ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީކޭއާރް) ގެ ދެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އޭޑީކޭ އިން ބުނި

އޭޑީކޭ އިން ބުނީ ރޮބަޓެއްގެ އެހީގައި ކަކުލު ހުޅު ބަދަލު ކުރާ، ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީކޭއާރް) ގެ ދެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އޭޑީކޭގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝިދު ވިދާޅުވީ ރާއްޖޭގައި ނުލިބޭ ސިއްހީ ފަރުވާތައް ފުޅާ ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބާރު އަޅުއްވާތީ ޝުކުރު އަދާ ކުރާ ކަމަށެވެ.
ރޮބޮޓިކް ސާޖަރީ އަށް ކުރި އިންވެސްޓްމަންޓަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ތަޖުރިބާ ރާއްޖެއަށް ގެނައުމަށް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށް ނާޝިދު ވިދާޅުވި އެވެ.
"މިއީ ރާއްޖެ ސިއްހީ ދާއިރާއިން އަމިއްލަ ސެލްފް ސަފިޝަންޓް ކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް." ނާޝިދު ވިދާޅުވި އެވެ.
އޭޑީކޭ އިން މި ހިދުމަތް ފެށިއިރު ރޮބޮޓިކް ސާޖަރީ ހެދުމަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުންކުރުމަށް މަލްޓި ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އިއުލާނުކޮށްފަ އެވެ.