ޑެޓް ޕްރޮޓަކްޝަން ތަކާފުލް | ދަރަނި ނަގާފައިވާ ފަރާތުގެ އާއިލާއަށް ލިބޭ ރައްކާތެރިކަމެއް

ޑެޓް ޕްރޮޓެކްޝަން ތަކާފުލްއަކީ ދަރަނި ނަގާ ފަރާތް ނިޔާވާ ޙާލަތެއްގައި އެ މީހަކު ދައްކަންޖެހިފައިވާ ބާކީ ދަރަނި އަދާކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

ބޮޑެތި މަސައްކަތް ކުރަން ނަގާ ފައިނޭންސިންގ ފެސިލިޓީތައް ހުރެއެވެ. މިގޮތުން އިސްލާމިކް ފައިނޭންސިންގ ފެސިލިޓީ (ދަރަނި) ގިނަ ބަޔަކު ހޯދާ ސަބަބަކީ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ފެށުމާއެކު ކުރިއެރުން އަވަސް ކުރުމަށެވެ. މިއީ މިއަދުގެ ދުނިޔޭގައި އާއްމު ކަމެކެވެ. ނަމަވެސް، ފައިސާ އަނބުރާ ދައްކަމުންދާ ދަނޑިވަޅެއްގައި ފައިނޭންސިންގ ނަގާފައިވާ މީހާ ކުއްލިއަކަށް ނިޔާވެއްޖެނަމަ، އެ އާއިލާއަކަށް މާލީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. އާއިލާގެ މައްޗަށް ބާކީ އޮންނަ ދަރަނީގެ ބުރަ އުފުލަންޖެހުމަކީ އެފަދަ ހިތާމަވެރި ވަގުތުތަކުގައި އާއިލާތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

މިފަދަ ޙާލަތްތަކުން އާއިލާތައް ރައްކާތެރިކޮށް، ދަރަނީގެ ބުރައިން ސަލާމަތްކޮށްދިނުމުގެ މަޤުސަދުގައި އެލައިޑް ތަކާފުލް އިން 'ޑެޓް ޕްރޮޓެކްޝަން ތަކާފުލް' ވަނީ ތައާރަފުކޮށްފައެވެ. މި ޕްލޭނަކީ ކޮބާ؟ އަދި މަސައްކަތްކުރަނީ ކިހިނެތް؟ 

ޑެޓް ޕްރޮޓެކްޝަން ތަކާފުލްއަކީ ދަރަނި ނަގާ ފަރާތް ނިޔާވާ ޙާލަތެއްގައި އެ މީހަކު ދައްކަންޖެހިފައިވާ ބާކީ ދަރަނި އަދާކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މިއަށްވުރެ ތިލަކޮށް މިސާލުން ބުނާނަމަ އުމުރުން 30 އަހަރުގެ މީހަކު އޭނާގެ ގެދޮރު ރަހުނު ކުރުމަށްފަހު، ބޭންކަކުން 400,000 ރުފިޔާގެ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީއެއް ނެގިއެވެ. ނަމަވެސް އޭނާ މަހުން މަހަށް ދަރަންޏައް ފައިސާ ދައްކަމުން ދަނިކޮށް، އުމުރުން 35 އަހަރުގައި އޭނާ ނިޔާވިއެވެ. އެވަގުތު ބާކީ އޮތް ދަރަނީގެ އަދަދު، މި ޕްލޭން މެދުވެރިކޮށް ބޭންކަށް ދައްކައި ހަލާސްކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން، ބޭންކުން ރަހުނު ދޫކޮށްލައި މުޙައްމަދުގެ އާއިލާއަށް އެއްވެސް މާލީ ބުރައެއް ނެތި ގެދޮރު ލިބިގެންދާނެއެވެ.

މި ޕްލޭންގެ އިތުރު މަޢުލޫމާތު ހޯދުމަށް އެލައިޑުގެ ނަމްބަރު 1600 ގުޅުމުން ލިބޭނެ އެވެ. ވިޔަފާރީގެ ބޭނުމަށް ދަރަނި ނަގާއިރު މިއީ ވިސްނުން މުހިންމު ކަމެކެވެ. ޑެޓް ޕްރޮޓަކްޝަން ތަކާފުލް ފަރުމާކޮށްފައިވަނީ ދަރަނި ނަގާފައިވާ ފަރާތްތަކުގެ އާއިލާއަށް، މާލީ ރައްކާތެރިކަން ލިބޭނެ ގޮތަކަށެވެ.

ނޯޓް: ޑެޓް ޕްރޮޓަކްޝަން ތަކާފުލްއަކީ ހަމައެކަނި އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނަގާފައިވާ ދަރަނިތައް ކަވަރުކޮށްދޭ ޕްލޭނެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.