އެމްޕީއެލް 2025 ގެ އޮޑިޓް | މުވައްޒަފުންގެ ހަރަދުކުޑަކޮށް، ފައިދާ ދެ ގުނަ އިތުރު

މި ރިޕޯޓުން އެނގޭ ގޮތުގައި އެމްޕީއެލް އިން ވަނީ މުވައްޒަފުންނަށް ކުރާ ހޭދަ ދަނީ ކުޑަ ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުންނަށް ކުރާ ހަރަދުތައް ވަނީ 675.7 މިލިއަން ރުފިޔާއިން 645.8 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.

އެމްޕީއެލް ބަނދަރުގައި މަަސައްކަތް ކުރަނީ -- އެމްޕީއެލް

މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ އަހަރު މުވައްޒަފުންނަށް ކުރި ހަރަދު ކުޑަކޮށް، ސާފު ފައިދާ ދެ ގުނައަށްވުރެ އިތުރުކޮށްފި އެވެ. 

އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި އެމްޕީއެލްގެ މިދިޔަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ކުންފުނީގެ 2025 ވަނަ އަހަރުގެ މާލީ ރިޕޯޓަށް ބަލާއިރު، ކުންފުނީގެ އާމްދަނީ އަދި ސާފު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރު އެމްޕީއެލްއަށް ސާފު ފައިދާގެ ގޮތުގައި 59.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 27.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު ކުރިއެރުމެކެވެ. ހަމައެކަނި މައި ކުންފުންޏަށް (ކުޅުދުއްފުށީ ޕޯޓް ނުހިމަނައި) ބަލާއިރު، 2025 ވަނަ އަހަރުގެ ސާފު ފައިދާއަކީ 71.5 މިލިއަން ރުފިޔާ އެވެ.  

އާމްދަނީ ލިބުނު ދާއިރާތައް (ރުފިޔާއިން)

  •  މުދާ ބޯޓަށް ބަރުކުރުން - 314 މިލިއަން
  •  ބޯޓުން ހުސްކުރުން - 276 މިލިއަން ރުފިޔާ
  •  ބޯޓުފަހަރު އައުމާއި ޕައިލެޓް ކުރުމުގެ ހިދުމަތް - 138 މިލިއަން
  •  މުދާ ކްލިއަ ކުރުމުގެ ހިދުމަތް - 86 މިލިއަން
  •  ހުސް ކޮންޓޭނަރާއި ބޯޓު ފުރުމުގެ ޚިދުމަތް - 75 މިލިއަން
  •  ކަރަންޓާއި ފެން ވިއްކައިގެން ލިބުނު އާމްދަނީ - 37 މިލިއަން
  •  ބޯޓުފަހަރާއި ސާމާނު ކުއްޔަށް ދޫކުރުން - 10 މިލިއަން
  •  ބަނދަރަށް ވަނުމުގެ ފީ - 7,8 މިލިއަން
  •  މުދާ އުފުލުމުގެ ހިދުމަތް - 2.4 މިލިއަން

ކުންފުނީގެ ފައިދާ ބޮޑު ތަނުން އިތުރުވެފައިވަނީ ކުންފުނީގެ އާމްދަނީ އަށް އައިސްފައިވާ ކުރިއެރުމާ ގުޅިގެންނެވެ. އެގޮތުން 2025 ވަނަ އަހަރު އެމްޕީއެލް ގްރޫޕަށް އާމްދަނީގެ ގޮތުގައި 949.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު ލިބިފައިވަނީ 860.5 މިލިއަން ރުފިޔާ އެވެ. 

އެހެން ކުންފުނިތަކަށް ފޯރުކޮށްދިން ހިދުމަތުން ލިބުނު

  •  މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމެނީ ޕްރައިވެޓް ލިމިޓެޑް - 162 މިލިއަން
  •  އެސްޓީއޯ - 26 މިލިއަން
  •  ހިތަދޫ ޕޯޓް ލިމިޓެޑް - 21 މިލިއަން
  •  ފެނަކަ ކޯޕަރޭޝަން ލިމިޓެޑް - 13.4 މިލިއަން
  •  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމެނީ - 11 މިލިއަން
  •  ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް - 6.7 މިލިއަން ރުފިޔާ
  •  މޯލްޑިވްސް އިންޑަސްޓްރީއަލް ފިޝަރީޒް - 6.3 މިލިއަން
  •  މޯލްޑިވްސް އެއަރޕޯޓްސް ކޮމެނީ ލިމިޓެޑް - 2.6 މިލިއަން
  •  ފިއުލް ސަޕްލައި މޯލްޑިވްސް - 2.5 މިލިއަން
  •  ޕަބްލިކް ސަރވިސް މީޑިއާ - 1.9 މިލިއަން
  •  ސްޓެލްކޯ- 1.6 މިލިއަން
  •  ފެން ކުންފުނި - 1.5 މިލިއަން
  •  މޯލްޑިވް ގޭސް - 909,977ެ ރ.
  •  އައިލެންޑް އޭވިއޭޝަން - 328,021 ރ.
  •  ވެމްކޯ - 115,808 ރުފިޔާ
  •  އެޗްޑީސީ - 26,518 ރުފިޔާ

މި ރިޕޯޓުގައިވާ ގޮތުން ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑަށް މިދިޔަ އަހަރު ވަނީ 11.5 މިލއަން ރުފިޔާ ގެއްލުންވެދަ އެވެ. މިއީ 2024 ވަނަ އަހަރު ގެއްލުމުގެ ގޮތުގައި ރިޕޯޓުކޮށްފައިވާ 10,465,414 ރުފިޔާއާ އަޅާބަލާއިރު އިތުރުވެފައިވާ އަދަދެކެވެ. 

މި ރިޕޯޓުން އެނގޭ ގޮތުގައި އެމްޕީއެލް އިން ވަނީ މުވައްޒަފުންނަށް ކުރާ ހޭދަ ދަނީ ކުޑަ ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުންނަށް ކުރާ ހަރަދުތައް ވަނީ 675.7 މިލިއަން ރުފިޔާއިން 645.8 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. ނަމަވެސް އެހެނިހެން ހިންގުމުގެ ހަރަދުތައް ވަނީ ކުޑަކޮށް އިތުރުވެފަ އެވެ.

މި ރިޕޯޓާ ގުޅޭގޮތުން އޮޑިޓަރަ ޖެނެރަލް ދެއްވާފައިވާ ލަފާގައި ބަޔާންކޮށްފައިވަނީ، އެމްޕީއެލްގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑަރޑްސް އާ އެއްގޮތަށް ކަމަށެވެ. އަދި ކުންފުނީގެ މާލީ ހާލަތު ވަރަށް ރަނގަޅަށް އަދި ތެދުވެރިކަމާއެކު ރިޕޯޓުގައި ހާމަކޮށްދީފައިވާކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ފާހަގަކޮށްފައިވެއެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.