ފޯނު ކޯލު ލައިވްކުރާ ނަމަ އެކަން އެފަރާތަށް އަންގަން ޖެހޭނެ: މީޑިއާ ކޮމިޝަން

މީޑިއާ ކޮމިޝަނުން މިކަމާ ގުޅިގެން މިއަދު ބަޔާނެއް ނެރިފައި ވަނީ ދާދި ފަހުން ރާއްޖެ ޓީވީއިން ސްޓެލްކޯގެ އެޗުއާރު ނަންބަރަށް ލައިވްކޮށް ގުޅައިގެން ދެއްކި ވާހަކަތަކެއްގެ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންތަކެއް --

ބްރޯޑްކާސްޓަރުން ފޯނު ކޯލެއް ލައިވް ކުރާނަމަ، އެކަން ކުރަން ޖެހޭނީ ގުޅާ ފަރާތަކަށް އެންގުމަށްފަހުގައި ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

މީޑިއާ ކޮމިޝަނުން މިކަމާ ގުޅިގެން މިއަދު ބަޔާނެއް ނެރިފައި ވަނީ ދާދި ފަހުން ރާއްޖެ ޓީވީއިން ސްޓެލްކޯގެ އެޗުއާރު ނަންބަރަށް ލައިވްކޮށް ގުޅައިގެން ދެއްކި ވާހަކަތަކެއްގެ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ލައިވްކޮށް ސްޓެލްކޯގެ އެޗްއާރަށް ގުޅުމަށްފަހު އަހާފައި ވަނީ "އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލުން ޕާޓީއަށް [ޕީއެންސީ] އަށް ވަނުމަށް ފަހު އެކަން ފެންނަ ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ" އެވެ. އެ ސުވާލަށް އެ މުވައްޒަފު ޖަވާބު ދީފައި ވަނީ "ހަމަ އެޗްއާރު ނަންބަރަށް" މިހެންނެވެ.

އެ މައްސަލައިގައި އެ މުވައްޒަފު ވަނީ ސްޓެލްކޯގެ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ.

އެ ނޫނަސް އެ ޕްރޮގްރާމުގައި ސަރުކާރުގެ އެކި އިދާރާތަކަށް ގުޅައިގެން ފޯނު ކޯލުތައް ލައިވް ކުރެ އެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް މީޑިއާ ކޮމިޝަނުން މިއަދު ވަނީ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ކޯލުތަކާއި، އިންޓަވިއުތަކާއި، ލައިވް ޕްރޮގްރާމް ހިމެނޭހެން އެހެނިހެން މުއާމަލާތްތައް ބްރޯޑްކާސްޓް ކުރުމުގައި އަމަލުކުރަންޖެހޭ ގާނޫނުތަކާއި، ގަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކާއި ފަންނީ ހަމަތަކަށް ރިއާޔަތް ކުރުމަށް ގޮވާލާފަ އެވެ.

އެ ކޮމިޝަނުން ބުނީ އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި، އެ މައުލޫމާތެއް ހޯދި މަގުސަދަށް އެކަނި މައުލޫމާތު ބޭނުންކުރުމާއި ސައްހަކަން ކަށަވަރުކޮށް ޒާތީ މައުލޫމާތާއި މަސްދަރު ރައްކާތެރިކޮށް ސިއްރުކޮށް ހިފެހެއްޓުން ގާނޫނީ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

އަދި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން މީޑިއާގެ ސުލޫކީ މިންގަނޑުތަކާއި ބްރޮޑްކާސްޓަރުން ޢަމަލުކުރަންޖެހޭ މިންގަނޑުތަކުގައި އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންޓަވިއުތަކާއި، ރެކޯޑިންތަކުގެ އިތުރުން މައުލޫމާތު އެއްކުރުމާއި ގުޅޭގޮތުން ފަންނީ ޒިންމާތައް ކަނޑައަޅާފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ ކޮންމެ މީހަކީ، އެ މައުލޫމާތެއް އާންމުންނަށް ބްރޯޑްކާސްޓް ކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރު ކުރުމާއި، ފޯނުން ކުރާ މުއާމަލާތެއް ލައިވްކުރާނަމަ، އެއީ ލައިވް ކުރެވޭ ކޯލެއްކަން އެމީހަކަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.