ޝާމިން މީގެ ކުރިން ވަނީ އެސްއެލްއެސް ދަ ރެޑް ސީ ރިސޯޓާއި ރިކްސޯސް ގަތައިފާން ޕްރޮޖެކްޓްސް (ގަތަރު) ރިސޯޓުގެ އިސް މަގާމުތަކެއްވެސް ފުރުއްވާފަ އެވެ.

ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް ކަމަށްވާ ޝާމިން އަލީ، ވޯލްޑޯފް އެސްޓޯރިއާ ދުބާއީ ޕާމް ޖުމެއިރާގެ ޑިރެކްޓަރު އޮފް ހިއުމަން ރިސޯސަސްގެ މަގާމަށް އައްޔަންކޮށްފިއެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ހޮޓެލިއާ މޯލްޑިވްސް އިން ބުނީ މިމަހުގެ ތިން ވަނަ ދުވަހު ޓޫރިޒަމް ސިނާއަތުގައި ތަޖުރިބާ ހޯދާފައިވާ ޝާމިން ވަނީ ދުބާއީގެ ވޯލްޑް އޮފް އެސްޓޯރިއާ ރިސޯޓުގެ އިސް މަގާމަކަށް ހަމަޖައްސާފަ އެވެ.
ޝާމިން ވަނީ މީގެ ކުރިން ވެސް މެދުއިރުމަތީގެ ގައުމުތައް (ޖީސީސީ) އަދި އިންސާނީ ވަސީލަތްތައް (އެޗްއާރު) ބެލެހެއްޓުމުގެ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައެވެ. މިއީ އޭނާ އަލުން ހިލްޓަން ބްރޭންޑާ ގުޅިވަޑައިގަތް ފަހަރެވެ. މި ލަގްޒަރީ ޕްރޮޕަޓީގައި އޭނާ އިސްކޮށް ހުންނަވާނީ މުވައްޒަފުންނާ ގުޅޭ ސްޓްރެޓެޖީތައް އެކުލަވާލުމާއި، ހުނަރުވެރި މުވައްޒަފުން ހޯދުމާއި، ލީޑަޝިޕް ޑިވެލޮޕްމަންޓްގެ އިތުރުން އޮގަނައިޒޭޝަނަލް ޓްރާންސްފޯމޭޝަންގެ ކަންކަން ކުރިއެރުވުމަށެވެ.
އެސްއެލްއެސް ދަ ރެޑް ސީ (ސައުދީ އަރަބިއްޔާ) - އެންމެ ފަހުން އަދާކުރެއްވީ މިތަނުގެ ޕްރޮޖެކްޓްސް ޓާސްކްފޯސްގެ ޑިރެކްޓަރު އޮފް ޕީޕަލް އެންޑް ކަލްޗަރގެ މަގާމެވެ.
ރިކްސޯސް ގަތައިފާން ޕްރޮޖެކްޓްސް (ގަތަރު) - ޑިރެކްޓަރ އޮފް ޓެލެންޓް އެންޑް ކަލްޗަރގެ ގޮތުގައި، އެތަނުގެ ވޯޓަރޕާކާއި، ބީޗް ކްލަބާއި، ލަގްޒަރީ ހޮޓަލުގެ އިތުރުން ރީޓެއިލް ތަންތަނުގެ އެޗްއާރު އޮޕަރޭޝަންތައް ބެލެހެއްޓެވިއެވެ.
ހިލްޓަން ބްރޭންޑް - މީގެ ކުރިންވެސް ހިލްޓަން ބްރޭންޑުގެ ގަތަރު އަދި ރާއްޖޭގެ ރިސޯޓުތަކުގައި މުވައްޒަފުންނާ ގުޅޭ ކާމިޔާބު ސްޓްރެޓެޖީތަކެއް ތަންފީޒުކޮށްދެއްވާފައިވެއެވެ.
ޝާމިން އަކީ ގިނަ އަދަދެއްގެ މުވައްޒަފުން މޮބިލައިޒްކުރުމާއި އައު ރިސޯޓުތައް ހުޅުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ތައުލީމީ ގޮތުން ބަލާއިރު، ޝާމިން ވަނީ ސްވިޓްޒަލޭންޑްގެ އައިއެމްއައި ޔުނިވާސިޓީން އިންޓަނޭޝަނަލް ހޮޓެލް އެންޑް ޓުއަރިޒަމް މެނޭޖްމަންޓްގެ ރޮނގުން ބެޗްލާ އޮފް އާޓްސް (އޮނަރސް) ހާސިލްކުރައްވާފަ އެވެ. އަދި ލަންޑަން ސްކޫލް އޮފް ކޮމާސް އިން އޭނާ ވަނީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ފުރިހަމަކުރައްވާފަ އެވެ.