ތިލަފުށި ޕޯޓް މަޝްރޫއަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަނީ

އެކަމަށް ޝައުގުވެރިވާނަމަ މި މަހު 15 ވަނަ ދުވަހު 2:00 ގެ ކުރިން ކުރިމަތިލުމަށް އެދޭ ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.

ކ. ތިލަފުށި--ފޮޓޯ: އެޗްޑީސީ

ތިލަފުށީގައި ކުރިޔަށް ގެންދާ ޕޯޓް މަޝްރޫއަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްއެޕީއެލް) އިން މިއަދު އިއުލާން ކޮށްފި އެވެ.

އެމްޕީއެލް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއަކީ މާލެ ސަރަހައްދުގައި މަލްޓި ޕާޕަސް ކޮމާޝަލް ޕޯޓެއް ތަރައްގީ ކުރުމަށާއި ރާއްޖޭގެ ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރު ކުރުމާއި މާލޭގެ ޕޯޓަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމެވެ.

އެ މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭން ޝައުގުވެރިވާނަމަ މި މަހު 15 ވަނަ ދުވަހު 2:00 ގެ ކުރިން ކުރިމަތިލުމަށް އެދޭ ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.

އެ މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބޮޑެތި ޕޯޓް ނުވަތަ މެރިން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ ބެހޭ 25 އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ. އަދި މިދިޔަ 10 އަހަރު ތެރޭގައި މަދުވެގެން ތިން މަޝްރޫއު ނިންމާފައިވާން ޖެހޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނައުމަށް މާލޭގެ ވިޔަފާރި ބަނދަރުގެ 80 ޕަސެންޓު ތިލަފުއްޓަށް ބަދަލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި އަންނަ އަހަރު ނޮވެމްބަރު 11 ގައި ތިލަފުށީ ޕޯޓުގެ ހިދުމަތް ފައްޓަވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.