ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅިގެން ހާއްސަ ހިނގާލުމެއް ބާއްވައިފި

މިއީ ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

ފުލުހުން މާލޭގައި މިއަދު ބޭއްވި ހިނގާލުން --

ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެކުވެރިކަމުގެ ހާއްސަ ހިނގާލުމެއް މާލެ އާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފި އެވެ.

މިއީ ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

މި ހިގާލުންތަކުގެ ތެރެއިން މާލެ އޭރިއާގެ ފުލުހުން ބައިވެރިވި ހިނގާލުން ބާއްވާފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެންނެވެ. މާލެ ވަށައި މި ހިނގާލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޖުމްހޫރީ މައިދާނުން ފެށި ހިނގާލުމުގައި، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ފުލުހުން މާލޭގައި މިއަދު ބޭއްވި ހިނގާލުން --

ފުލުހުން ބުނީ މި ހިނގާލުމުގައި އެ ހިދުމަތުގެ އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުން ހިމެނޭ ގޮތަށް 1000 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އާންމު ‏މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.