މި މައްސަލައިގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

ދެކުނުގެ ރަށެއްހައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.
މައްސަލައިގެ ބާވަތުން އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.