ރާއްޖޭގެ ޓޫރިޒަމަށް އޮގަސްޓު މަހު އުންމީދީ ކުރިއެރުމެއް

މިދިޔަ އަހަރުގެ އޮގަސްޓު މަހު ޖުމްލަ 193,529 މީހުން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ އޮގަސްޓު މަހު އެ އަދަދު ވަނީ 197,640 އަށް އަރައި، 2.1 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައެވެ.

ރާއްޖެއަށް މިއަދު އައި ޓޫރިސްޓުންތަކަކަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

މިދިޔަ ޖޫން އަދި ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ދިއުމަށްފަހު، ނިމިދިޔަ އޮގަސްޓު މަހު ރާއްޖޭގެ ފަތުރުވެރިކަމަށް އުންމީދީ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އޮގަސްޓު މަހު ރާއްޖެއަށް 195,390 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހު އައި 192,058 ފަތުރުވެރިންނާ އަޅާބަލާއިރު އިތުރުވުމެކެވެ. 

ވިޔަފާރި ބޭނުންތަކަށާއި ކްރޫޒް ލައިނަރތަކުގައި އައި މީހުން ހިމެނޭގޮތަށް ޖުމްލަ ޒިޔާރަތްކުރި މީހުންގެ އަދަދު ވެސް މިދިޔަ މަހު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހު ޖުމްލަ 193,529 މީހުން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ އޮގަސްޓު މަހު އެ އަދަދު ވަނީ 197,640 އަށް އަރައި، 2.1 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައެވެ.

އޮގަސްޓު މަހު މިފަދަ ކުރިއެރުމެއް ލިބިފައި މިވަނީ، މިއަހަރުގެ ޖޫން މަހު ފަތުރުވެރިން އައި އަދަދު 12 ޕަސެންޓް އަދި ޖުލައި މަހު 1.9 ޕަސެންޓުގެ ދަށަށް ގޮސްފައި ވަނިކޮށެވެ.

އެންމެ ގިނައިން ޓޫރިސްޓުން އައި ފަސް ގައުމު

  •  ޗައިނާ - 268,117
  •  ރަޝިއާ - 209,815
  •  ޔޫކޭ - 110,983
  •  އިޓަލީ - 93,276
  •  ޖަރުމަނީ - 88,768

އޮގަސްޓު މަހު ކުރިއެރުން ލިބުނު ނަމަވެސް، އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ޖުމްލަ އަދަދުތަކަށް ބަލާއިރު އަދިވެސް އުޅެނީ މިދިޔަ އަހަރަށްވުރެ ދަށްކޮށެވެ. އެގޮތުން މި މަހުގެ 2 ވަނަ ދުވަހާ ހަމައަށް މިއަހަރު ޖުމްލަ 1,461,682 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.7 ޕަސެންޓުގެ ދަށްވުމެކެވެ. ސީދާ ފަތުރުވެރިންގެ ގޮތުގައި އައި މީހުންގެ އަދަދު 1,432,601 މިލިއަން ގައި އުޅޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1,496,563 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު ގާތްގަނޑަކަށް 4.3 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ އަހަރު 2.2 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުން އަންދާޒާ ކުރަނީ މި އަހަރުވެސް އެ އަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.