ބޭކަރީ ވިޔަފާރީގައި ހަރަކާތެރިވާތާ 10 އަހަރުވެފައިވާ ވިޔަފާރިވެރިޔާ ބުނި ގޮތުގައި މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިން އުފައްދާ ތަކެއްޗާ ވާދަކުރަން ބޭރުން އިމްޕޯޓް ކުރާ ތަކެއްޗަށް ދީފައިވާ އިނާޔާތް ތަކެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމަށް މި ވަގުތު އޮތް އެންމެ ބޮޑު އެއް ހުރަހަކީ ދިވެހިން އުފައްދާ ތަކެތި އިމްޕޯޓް ކުރުމުގެ ސަބަބުން މާކެޓުގައި ވާދަކުރަން ދަތިވުން ކަމަށް ބުނެ، މިކަން ހުއްޓުވައިދޭން ދެކުނުގައި ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ރައީސްގެ އަރިހުގައި ދަންނަވައިފި އެވެ.
ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައްދަލުކުރި ހދ. އަދި ހދ. އާއި ށ. އަދި މާލެ އަށް ބޭކަރީގެ ތަކެތި ސަޕްލައިކުރާ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތުގެ ސަބަބުން ވިޔަފާރީގެ މާޖިން ވަނީ ގެއްލިފަ އެވެ. ނަމަވެސް ތަކެތީގެ އަގު މަތި ކުރުމުގެ ވިސްނުން ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ބޭކަރީ ވިޔަފާރީގައި ހަރަކާތެރިވާތާ 10 އަހަރުވެފައިވާ ވިޔަފާރިވެރިޔާ ބުނި ގޮތުގައި މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިން އުފައްދާ ތަކެއްޗާ ވާދަކުރަން ބޭރުން އިމްޕޯޓް ކުރާ ތަކެއްޗަށް ދީފައިވާ އިނާޔާތް ތަކެވެ.
"އުންމީދަކީ އިމްޕޯޓް ސަބްޓިޓިއުޓް ކުރާފަދަ ފިޔަވަޅު ތަކެއް އެޅުއްވުން. އެސްއެމްއީތަކަށް މިކަން ބޭނުންވޭ. ބޭރުން އަންނަ ތަކެތި ސިމިލަ އެންޓި ޑަމްޕިން ކަމެއްނަމަވެސް އެބަ ވާން އެބަޖެހޭ،" ވިޔަފާރިވެރިޔާ ބުނެފައިވެ އެވެ.
ކުޑަ މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ބިސްކޯދާއި ފާރޮށި ފަދަ ތަކެތި ރާއްޖޭގައި ތައްޔާރު ކުރާއިރު، ހަމަ އެތަކެއްޗާ ވާދަކުރަން ހަމަ އެ ޕްރޮޑަކްޓް ބޭރުން ގެންނައިރު އޮންނަ ލުއިކެމެވެ.
"މިސާލަލަށް ބުނާނަމަ ބުސްކޯދު ފާރޮށި ކަހަލަ އެއްޗިހި. ބޭރުން އަންނަނީ ސީރޯ ޓެކްސްގައި. ނަމަވެސް އަޅުގަނޑުމެން ރޯމެޓީރިއަލް މި ގެންނަނީ ޓެކްސް ދައްކައިގެން،" ވިޔަފާރިވެރިޔާ ވިދާޅުވެފައިވެ އެވެ.