ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ޔާމީން ވިދާޅުވާ ފަދަ ކމެއް މަޖީހުގައި ނުހިނގިނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީނުގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެމްބަރުންގެ ހިތްނުތަނަކަން އޮތް ކަމަށެވެ.

މަޖިލީހުގައި ސިއްރު އިންގިލާބެއް ރާވަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރޭ ވިދާޅުވުމާއެކު، ޕީއެންސީގެ މަޖިލީސް މެންބަރުން ރައްދު ދެއްވަން ފައްޓަވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ބާއްވާ ސިލްސިލާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ ހުރިހާ އެންމެން ތިބީ ރައީސް މުއިއްޒާ އެކު ގަދަކޮށެއް ނޫން ކަމަށާ އެތަނުގައި ވަރަށް ރުޅި އައިސްފައި ތިބި ބަޔަކު އެބަ ތިބި ކަމަށެވެ. އަދި ވަރަށް ހިމޭން އިންގިލާބެއް އަންނަނާނެ ކަމަށާ ވަރަށް އަވަހަށް ހާލަތު އަންނާނެ ކަމަށެވެ.
މި ވާހަކަފުޅަށް ރައްދު ދެއްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ޔާމީން ވިދާޅުވާ ފަދަ ކމެއް މަޖީހުގައި ނުހިނގިނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީނުގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެމްބަރުންގެ ހިތްނުތަނަވަސްކަން އޮތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ މިފަދަ ވާހަކަތަކުން 20 ވަނަ މަޖިލީސް ރޫޅަން އޮއްވައި މަޖިލީހުގެ ދައުރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.