މާމެންދޫން 17 ކިލޯގެ ޑްރަގާއެކު ދެ މީހަކު ހައްޔަރު ކޮށްފި

މި ދެ މީހުންނަކީ ވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.

17 ކިލޯގެ ޑްރަގާއެކު މާމެންދޫން ހައްޔަރު ކުރި ދެ މީހުން --

ގއ. މާމެންދޫން 17 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާމެންދޫގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ދެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ބަލައިފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މި އޮޕަރޭޝަނުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި އެރަށު، ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. މި ދެ މީހުންނަކީ ވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލަ އަޕާ ސައުތު ޕޮލޮސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.