އެ ކުންފުނިން ވަނީ އެއްމެދު އިމާރާތްތަކުގައި ހިމެނޭ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި، ރެއިލިން ފަދަ ތަންތަން މަރާމާތުކުރުމަށް އެހިތެރިކަން ބޭނުންވާ ފަރާތްތަކުން މި މަހުގެ ނިޔަލަށް ހުށައެޅުމަށް އެދިފަ އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެންމެދު އިމާރާތްތަކުގެ ސަލަމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ބެލުމުގެދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމުގެގޮތުން އެ އިމާރާތްތަކުގައި ކުޑަދޮރުތަކައި ބެލްކަނި ރެއިލިންފަދަ ތަންތަން ހުރީ ޤަވާއިދާ އެއްގޮތަށް ތޯ ބަލައި، އެފަދަ ތަންތަން ގަވާއިދަށް ފެއްތުމަށް ނުވަތަ މަރާމަތުކުރުމަށް އާއްމު ރައްޔިތުންނަށް ބޭނުންވާ އެހިތެރިކަން އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިނުމަށް ވަނީ ނިންމާފަ އެވެ.
އެ ކުންފުނިން ވަނީ އެއްމެދު އިމާރާތްތަކުގައި ހިމެނޭ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި، ރެއިލިން ފަދަ ތަންތަން މަރާމާތުކުރުމަށް އެހިތެރިކަން ބޭނުންވާ ފަރާތްތަކުން މި މަހުގެ ނިޔަލަށް ހުށައެޅުމަށް އެދިފަ އެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު، 12:00ގެ ކުރިން އެންގުމަށް ވަނީ އެދިފައެވެ. މިކަމަށް އެދޭ ގޫގުލް ފޯމުގެ ލިންކް އެޗްޑީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބޭނެ އެވެ.
ފްލެޓުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ފިޔަވަޅު އަޅަން ފަށާފައިވަނީ ފްލެޓެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓި ނިޔާވުމާ ގުޅިގެންނެވެ. މި ހާދިސާއާއެކު މުޅި ސަރުކާރުން އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފަ އެވެ.