ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުން ބަހައްޓަން ޖެހޭ ރައުސުލްމާލް އިތުރުކޮށްފި

މި ބަދަލުގެ މައިގަނޑު ބޭނުމަކީ މާލީ ގާބިލުކަން ކަށަވަރުކޮށް މާލީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމެވެ.

މާލީ ގާބިލުކަން ކަށަވަރުކޮށް މާލީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް ޕީއެސްޕީތަކުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު އިތުރުކޮށްފި އެވެ.

ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަށް ބަދަލުގެނެސް ޕޭމަންޓް ހިދުމަތްތަކާބެހޭ އާ ގަވާއިދުގައިވާ ގޮތުން  ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ވެސް ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ބަދަލު އައިސްފައިވެ އެވެ. 

އެ ގޮތުން، އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް އަދި ރެމިޓެންސްގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު ދެ މިލިއަން ރުފިޔާ އަށް ވަނީ އިތުރު ކުރެވިފަ އެވެ. އަދި ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު އެއް މިލިއަން ރުފިޔާ އަށް ވަނީ އިތުރު ކުރެވިފައެވެ.

ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަށް އައި ބަދަލު

  •  އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް - 500،000 ރުފިޔާ އިން 2،000،000 ރުފިޔާ އަށް.
  •  ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔަރކުރުމުގެ ޚިދުމަތް - 200،000 އިން 2،000،000 ރުފިޔާ އަށް.
  •  ރެމިޓެންސްގެ ޚިދުމަތް 0 200،000 ރުފިޔާ އިން 2،000،000 އަށް.
  •  ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް -100،000 ރުފިޔާ. އިން 1،000،000 ރުފިޔާ އަށް
  •  އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް - 100،000 ރުފިޔާ އިން 1،000،000 ރުފިޔާ އަށް.

އެމްއެމްއޭއިން ބުނި ގޮތުގައި މި އިސްލާހުގެ މަގުސަދަކީ ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ މުއައްސަސާތަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާއެކު ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން ހުރި ތަންތަން ކަން ކަށަވަރުކުރުމެވެ. އަދި މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.