ފުލުހުން ބުނީ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާ ކޮށްފައިވާ ކަމަށް އެމީހާގެ މައްޗަށް ތުހުމަތު ކުރާ ކަމަށެވެ.

ދެކުނުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އަޕާ ސައުތު ޕޮލިސްގައި ހިނެނޭ ރަށެއްގައި، އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި މިއަދު 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ ކުއްޖާގެ ބައްޕަ އެވެ.
ފުލުހުން ބުނީ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާ ކޮށްފައިވާ ކަމަށް އެމީހާގެ މައްޗަށް ތުހުމަތު ކުރާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.