ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ ވެރިޔަކަށް ޑރ. ރިޔާޒް އައްޔަނު ކޮށްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަހުމަދު ރިޔާޒް އައްޔަނުކޮށްފި އެވެ.
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް މަގާމަށް ޑރ. ރިޔާޒް އައްޔަނު ކޮށްފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ހަސަންގެ ފަސް އަހަރުގެ މުއްދަތު، މިދިޔަ މަހުގެ 20 ވަނަ ދުވަހު ހަމަވުމުންނެވެ.
ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ ވެރިޔަކަށް ޑރ. ރިޔާޒް އައްޔަނު ކޮށްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
ޑރ. ރިޔާޒަކީ އެޑިއުކޭޝަނަލް ސައިކޮލޮޖީއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ހިސާބު ޓީޗަރުކަމާއި ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) ގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ޗީފް ސްޓެޓިސްޓީޝަނެއް ކަނޑައަޅުއްވަން ޖެހޭނީ، މަގާމަށް ހުޅުވާލުމުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިންނެވެ. މި މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.