އެލްޖީއޭގެ ހުއްދަ ލިބިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭނެ ކަމަށް އަންގައިފި

ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އާމްދަނީން ހަރަދުވާ ގޮތަށް އަލަށް އުފައްދާ ދާއިމީ ވަޒީފާތަކާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުން ވެސް ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް --

ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ނެތި، ރަށްރަށުގެ ކައުންސިލްތަކުން ވަޒީފާތަކަށް އިއުލާނު ނުކުރަން އަންގައިފި އެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރުމަށްފަހު އިއްޔެ ކައުންސިލްތަކުގެ ރައީސުންނަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ އެއީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެގޮތުން، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އާމްދަނީން ހަރަދުވާ ގޮތަށް އަލަށް އުފައްދާ ދާއިމީ ވަޒީފާތަކާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުން ވެސް ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް އެ ސިޓީގައިވެ އެވެ.

އެލްޖީއޭ އިތުރަށް ބުނެފައި ވަނީ ވަގުތީ ބޭނުންތަކަށާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީ އާއި އެ ނޫންވެސް އުޖޫރަދޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް ވެސް އިއުލާންކުރަން ވާނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށެވެ.

އެހެންކަމުން ދެން އެ ނޫން ގޮތަކަށް ކައުންސިލްތަކަށް މުވައްޒަފުން ނުނެގުމަށް އެ އެލްޖީއޭއިން ފޮނުވި ސިޓީގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.