ކުއްލިއަކަށް މަގު ހުރަސްކުރަން އައި ކުޑަކުއްޖަކު ގައިން ނެއްޓެން އުޅުނު ސައިކަލެއް އެކްސިޑެންޓް

"މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބެލިބެލުމުން، ސައިކަލުގެ ކުރި މަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުން، ކުއްޖާ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވަނީ ވެއްޓިފައި،" ފުލުހުން ބުންޏެވެ.

މިއަދު ހެނދުނު ހިނގި އެކްސިޑެންޓް --

ކުއްލިއަކަށް މަގު ހުރަސް ކުރަން ނުކުތް ކުޑަކުއްޖެއްގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލެއް އެކްސިޑެންޓް ވެއްޖެ އެވެ.

މިއަދު ހެނދުނު 8:00 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. ނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުން ޖެހުނު މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބެލިބެލުމުން، ސައިކަލުގެ ކުރި މަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުން، ކުއްޖާ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވަނީ ވެއްޓިފައި،" ފުލުހުން ބުންޏެވެ.

މި ހާދިސާގައި ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައިނުވެ އެވެ.

މި ސަރަހައްދަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކު ނިޔާވި ސަރަހައްދެވެ. މި ދުވަސްވަރަކީ އެ ހިސާބުގައި އެކްސިޑެންޓްތައް ގިނަ ދުވަސްވަރެއްކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.