އީރާނުގެ ނޫސްތަކުން ބުނި ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 4 އަހަރުގެ ކުޑަކުއްޖަކު ހިމެނޭއިރު، އިތުރު 15 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދެކުނު އީރާނުގައި ބޭއްވި ކައިވެނި ޕާޓީއަކަށް އަމާޒުކޮށް އެމެރިކާއިން ދިންކަމަށް ބުނާ ވައިގެ ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރައިފި ކަމަށް އެގައުމުގެ ލޯކަލް އޮފިޝަލުން ހާމަކޮށްފިއެވެ.
އީރާނުގެ ނޫސްތަކުން ބުނި ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 4 އަހަރުގެ ކުޑަކުއްޖަކު ހިމެނޭއިރު، އިތުރު 15 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއަކީ އެމެރިކާއިން ހަމައެކަނި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާއި އަސްކަރިއްޔާއަށް ނޫންކަމާއި، އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް އަމާޒުކޮށް ހަމަލާދެމުންދާ ކަމުގެ ސާފު ހެއްކެއްގެ ގޮތުގައި އީރާނުގެ އޮފިޝަލުން ދަނީ ސިފަކުރަމުންނެވެ. އަދި މިފަދަ ހަމަލާތަކުގައި އާންމު ރައްޔިތުން މަރުވަމުންދާކަން އެފަރާތްތަކުން ފާހަގަކުރެއެވެ.
މިއީ އީރާނުގެ ސަރުކާރަށް އެގައުމުގެ އެތެރޭގެ އާންމުންގެ ތާއީދު އިތުރުކުރުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި އެގައުމުގެ އަޑު ގަދަކޮށް ބާރުވެރިކަން ހޯދުމަށް ލިބިގެންދިޔަ މުހިންމު ވަސީލަތެއް ކަމަށްވެސް ބެލެވެއެވެ. ނަމަވެސް، މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރަސްމީ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކައިވެނި ޕާޓީއަށް ދިން ހަމަލާގެ އިތުރުން، ހޯމޫޒް ކަނޑުއޮޅީގައި އޮންނަ ޤޭޝްމް އައިލެންޑްގައި ހުންނަ މަސްކާނާ އުފައްދާ ކާރުޚާނާއަކަށާއި، މަސްވެރިން ބޭނުންކުރާ ފާލަމެއްގެ އިތުރުން އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ސީރިކް ގައި ހުންނަ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަންގެ ޓަވަރަކަށްވެސް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް އީރާނުން ވަނީ ރިޕޯޓުކޮށްފައެވެ.