އެނގިފައިވާ ގޮތުގައި ވެއްޓިފައި ވަނީ ދެ އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އެކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ފްލެޓަކުން މިއަދު ހެނދުނު ކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ވެއްޓިފައި ވަނީ ދެ އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އެކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
އެކުއްޖާ ވެއްޓުނީ ކީއްވެގެން ކަމެއް ނޭންގެ އެވެ. ވެއްޓިފައި ވަނީ 12 ވަނަ ފަންގިފިލާއިންނެވެ.
އިއްޔެ ވެސް ވަނީ ކުޑަކުއްޖަކު ފްލެޓަކުން ވެއްޓިފަ އެވެ. އިއްޔެގެ ހާދިސާގައި 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިފައި ވަނީ އަމާން އުދަރެއްސް 2 ގެ ތިންވަނަ ފަންގިފިލާއިންނެވެ.