ހުއްދަ ނެތި ހިންގާ މަނީ އެކްސްޗޭންޖް އޮފީހެއް ރެއިޑުކޮށް އެކައުންޓުތައް ފްރީޒްކޮށްފި

ފުލުހުން ފްރީޒް ކޮށްފައި ވަނީ ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ އެކައުންޓްތަކެވެ. އަދި އެ އޮފީސް ރެއިޑު ކުރަން އޮޕަރޭޝަނެއް ކުރިޔަށް އެބަދެ އެވެ.

މީހަކު އެމެރިކާ ޑޮލަރުތަކެއް ދައްކާލަނީ -- ފޮޓޯ މާކެޓް ޕްލޭސް

ބޭރު ފައިސާ މާރު ކުރުމުގެ ލައިސެންސް ނެތި ހިންގާ މަނީ އެކްސްޗޭންޖެއްގެ ބޭންކް އެކައުންޓުތައް ފްރީޒްކޮށް ފުލުހުން އެ ކުންފުނީގެ އޮފީސް ރެއިޑު ކޮށްފި އެވެ.

ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ލިބެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ހާއްސަ ލައިސެންސްއެއް އޮންނަ ފަރާތްތަކަށް އެކަންޏެވެ.

ނަމަވެސް ހުއްދަ ނުނަގާ އެތައް ބަޔަކު އެ ވިޔަފާރިކޮށްގެން މިލިއަނުން ފައިސާ ހޯދަމުންދާ ކަމަށާއި އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ދާދި ފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން މިއަދު ބުނީ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒް ކޮށްފައިވާ ކަމަށެވެ.

އެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިޔަށް ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ ވަނީ ގަވާއިދާ ހިލާފަށް، ހުއްދަ ނެތި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ ހަ ބިދޭސީއަކު ވެސް އަތުލައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.