މަރުވެފައި ވަނީ 27 އަހަރުގެ، ބަންގްލަދޭޝް ފިރިހެނެއް

ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި މީހަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު ރިޕޯޓު ކޮށްފައި ވަނީ ރޭ ފަތިހު 4:11 ގަ އެވެ.
މަރުވެފައި ވަނީ 27 އަހަރުގެ، ބަންގްލަދޭޝް ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެރޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.