އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަނަކަށް ޝިފާޒް އައްޔަންކޮށްފި

އެ މަގާމަށް ޝިފާޒް އައްޔަން ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކައުންސިލަށް ގަރާރު ހުށައެޅުއްވީ މުހައްމަދު ޝިފާޒް -- މި

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (މާލީ) ގެ މަގާމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އައްޔަންކުރަން ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ކަންކަމާ ބެހޭ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ޝީފާޒްގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ހާޒިރުވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ވޯޓާއެކު އެވެ.

އެމްޑީޕީގައި ދެ ޑެޕިއުޓީ ޗެއާޕަސަން ތިއްބަވާ އިރު އެއް މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ މަޖިލިސް މެންބަރު އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ދެން ހިމެނެނީ އިދާރީ ކަންކަމާ ގުޅޭ ޑެޕިއުޓީ ޗެއާޕާސަން އެވެ. އެ މަގާމުގައި ހުންނެވީ އިބްރާހިމް ވަހީދު (އިބްރޭ) އެވެ.

އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިގެން ދިޔަ އިރު ޝިފާޒު ހުންނެވީ ނަޝީދު ފަޅީގަ އެވެ. އެގޮތުން އޭރު އުފެއްދި ދަ ޑިމޮކްރެޓްކްސް ޕާޓީ އާ ވެސް އޭނާ ގުޅިވަޑައިގަތެވެ. ޑިމޮކްރެޓްސްގައި ވެސް އޭނާ ހުންނެވީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

ފަހުން ނަޝީދު އަނބުރާ އެމްޑީޕީ އާ ގުޅިވަޑައިގަތުމުން އޭނާ ވެސް އެ ޕާޓީ އާ އަލުން ގުޅިވަޑައިގަތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.