ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި އަދި ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި ބޭންކަށް ހުށަހެޅުމުންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭންކިންގެ މައުލޫމާތު ހޯދަން ސިޓީ ހޯމްލޭންޑް ސެކިއުރިޓީ ލޭބަ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ސިޓީއެއް ފޮނުވި ވާހަކައަކީ ގޮގެއް ކަމަށް ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަ އެންޑް ޓެކްނޮލޮޖީ އިން މި ބޭންކަށް ސިޓީއެއް ފޮނުވާފައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން ސިޓީއެެއްކަން މި ފުރުސަތުގައި ދަންނަވާލަމެވެ.
މީގެ އިތުރުން ބޭންކް އިން ވަނީ ކަސްޓަމަރުންގެ މައުލޫމާތު ހިއްސާ ކުރެވޭ އުސޫލުތައްވެސް ކިޔައި ދީފަ އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި އަދި ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި ބޭންކަށް ހުށަހެޅުމުންނެވެ.
ދިވެހިންގެ ނަމުގައި ހުންނަ އެކައުންޓްތަކުން ބިދޭސީން ޑޮލަރުގެ ވިޔަފާރި ކުރާ ވާހަކަ ތާ އަބަދު އިވެ އެވެ. މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ނަމަވެސް ޑޮލަރު ވިއްކުމުގައި އުޅޭ ބިދޭސީން ހޯދަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ވަނީ އެފަދަ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ފަށާފަ އެވެ. މިގޮތުން އިއްޔެ ވަނީ ހަ ބިދޭސީއެއް ހައްޔަރުކޮށްފަ އެވެ. އަދި މި ބިދޭސީންގެ އެކައުންޓްތަކުގައި 1.5 މިލިއަން ޑޮލަރު ހިމެނޭހެން 54 މިލިއަން ރުފިޔާ ދައުރު ކުރިކަން ވަނީ ހާމަވެފަ އެވެ.