ރައީސް ތަސްދީގު ކުރެއްވި ބިލުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ލާޒިމްކޮށްފައިވާ ބިލާއި، ފަޅު ރަށްތަކާއި ފަޅުތައް ދޫކުރަން ރައީސަށް އޮތް ބާރު ފުޅާކުރަން ފާސްކުރި ބިލެވެ.

ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ފާސްކުރި މުހިންމު ހަތް ބިލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ،.
މި ބިލުރައް ރައީސް ތަސްދީގު ކުރައްވާފައި ވަނީ ވަޒީރުން ވެސް ހިމެނޭހެން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސް ތަސްދީގު ކުރެއްވި ބިލުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ލާޒިމްކޮށްފައިވާ ބިލާއި، ފަޅު ރަށްތަކާއި ފަޅުތައް ދޫކުރަން ރައީސަށް އޮތް ބާރު ފުޅާކުރަން ފާސްކުރި ބިލެވެ.
މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު ނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 ޕަސެންޓް މާރުކުރަން ޖެހެ އެވެ. މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އެ އިސްލާހުގައި ވަނީ އުނިކޮށްފަ އެވެ.
އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 ޕަސެންޓް މާރުކުރަންވާނެ ކަމަށް އެ ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.
ޓޫރިޒަމް ދާއިރާ ފިޔަވައި، ބޭރުފައިސާ އިން އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ގްރޮސް ސޭލްސްގެ 40 ޕަސެންޓް ބޭންކަކަށް މާރުކުރަންޖެހޭއިރު، އޭގެ ތެރެއިން 100 އިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭނީ ހަތް ޕަސެންޓެވެ. މިގޮތަށް މާރުކުރަންޖެހޭ ފައިސާ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން، އެމްއެމްއޭއިން ލައިސަންސް ދީފައިވާ ބޭންކެއްގައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކޮށް މާރުކޮށް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ބިލުގައި ކަނޑައަޅައިފައިވާ ނިޒާމުގެ ދަށުން، އެކި ބޭނުންތަކަށް ދޫކުރެވޭ ފަޅު ރަށްރަށާއި ފަޅު އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ފަތުރުވެރިކަމާއި، ސިނާއީ ބޭނުމަށާއި ދައުލަތުގެ ބޭނުމަށް ފިޔަވައި ކައުންސިލުތަކުގެ އިހުތިސޯސްގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް އެކަށައަޅާނީ ކައުންސިލް ތަކުންނެވެ.
މި ބިލުގެ މަގުސަދެއްގެ ގޮތުގައި ވަނީ، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރުކުރުމެވެ. އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރަން ގެންނަ ބަދަލުތަކެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި، ދިވެހި ވިޔަފާރިތަކާއި، ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ، އަދި ވާދަވެރި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން، ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިން ޓެކުހުގެ ގޮތުގައި އުނިކުރުމަށް ކަނޑައަޅައިފައިވާ ފަސް ޕަސެންޓް، 10 ޕަސެންޓަށް ބޮޑުކުރުމެވެ. އަދި އެ އަދަދަކީ އެ ފަރާތްތަކުން ދައްކަން ޖެހޭ ފުރިހަމަ އަދަދު ކަމަށް ކަނޑައެޅުމެވެ.
މި ބިލާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އެ އުޅަނދެއްގެ ފްލޭގް ސްޓޭޓް ޒިންމާދާރުކުރެވޭނެ ހަމަތައް ކަނޑައެޅުމާއެކު މަސްވެރިކަމުގެ ގާނޫނާ ގަވާއިދުތައް ތަންފީޒުކުރުމުގައި މިނިސްޓްރީން އަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ.
އެގޮތުން، ގާނޫނާ ހިލާފުވާ ފަރާތްތަކުގެ ކުށް ކަނޑައަޅައި، އެ ކުށުގެ އަދަބާއި، ޖޫރިމަނާކުރެވޭ އަދަދުތަކަށް ވަނީ އިސްލާޙު ގެނެސްފަ އެވެ.
މި އިސްލާހުގައި، ޓެކްސް ބަޔާން ހުށަހަޅައިފައި ނުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، ޓެކްސް ބަޔާން ހުށަހެޅުމަށް ދެވޭނެ މުއްދަތުތަކާއި، ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުން، އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިޚްތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާކަމާއި، އެކަމުގެ އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ.
މި ބިލުގައި، ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މާލެއަށް ހާއްސަ ގަވާއިދުތަކެއް ކަނޑައަޅާފައިވާއިރު، މަގު ހުރަސްކުރުމާއި ގުޅޭގޮތުން ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް މަގު ހުރަސްކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ގާނޫނާ ހިލާފަށް މަގު ހުރަސް ކުރާ މީހުން، 100ރ. އިން ޖޫރިމަނާ ކުރުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.