ޑޮލަރާ ބެހޭ ބިލު ތަސްދީގުކޮށްފި؛ "ރިސޯޓު މުވައްޒަފުންނަށް މުސާރަ ދޭންވާނީ ޑޮލަރުން"

"ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ. ގެންނަން ޖެހޭ ސަބަބެއް ވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގު ކުރައްވަނީ --

ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ އާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު ނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 ޕަސެންޓް މާރުކުރަން ޖެހެ އެވެ. މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އެ އިސްލާހުގައި ވަނީ އުނިކޮށްފަ އެވެ.

އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 ޕަސެންޓް މާރުކުރަންވާނެ ކަމަށް އެ ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.

ޓޫރިޒަމް ދާއިރާ ފިޔަވައި، ބޭރުފައިސާ އިން އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ގްރޮސް ސޭލްސްގެ 40 ޕަސެންޓް ބޭންކަކަށް މާރުކުރަންޖެހޭއިރު، އޭގެ ތެރެއިން 100 އިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭނީ ހަތް ޕަސެންޓެވެ. މިގޮތަށް މާރުކުރަންޖެހޭ ފައިސާ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން، އެމްއެމްއޭއިން ލައިސަންސް ދީފައިވާ ބޭންކެއްގައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކޮށް މާރުކޮށް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ރައީސް ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް މުސާރަ ދޭންވާނީ ޑޮލަރުން ކަމަށް

ބިލު ތަސްދީގު ކުރެއްވުމަށްފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ދޭންވާނީ ޑޮލަރުން ކަމަށެވެ.

"ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ. ގެންނަން ޖެހޭ ސަބަބެއް ވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަމުގައި ސަރުކާރުން ވަރަށް ސާބިތުކަމާ އެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް، 2030 ވަނަ އަހަރާ ހަމައަށް، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ގޮތުން، ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ރުފިޔާއިން ކުރުމަކީ އެމްއެމްއޭގެ ތަސައްވަރެއް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ދާދިފަހުން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.