ޖަމީލާ އައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ރާއްޖޭގެ ފަރާތުން އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރު ކަމަށް ޖަމީލާ އަލީ ހާލިދު އައްޔަން ކުރައްވައިފި އެވެ.
އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމަށް ޖަމީލާ އައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މީގެ ކުރިން ތައުލީމީ ދާއިރާ އާއި ހާރިޖީ ދާއިރާ އިން ވެސް ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ޖަމީލާ އެ މަގާމަށް އައްޔަން ކުރައްވަން މަޖިލީހުން ރުހުން ދިނީ މިދިޔަ ބުދަ ދުވަހެވެ.
އެ މަގާމުގައި މީގެ ކުރިން ހުންނެވީ މިހާރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރުތިޝާމް އަލީ އެވެ.