އޭނާގެ ސައިކަލު 30 ދުވަހަށް ޓޯކޮށް ލައިސެންސް ހިފަހައްޓައި ޖޫރިމަނާ ކޮށްފި

ސިނަމާލެ ބްރިޖުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހެއްގެ ސައިކަލު ޓޯކޮށް ލައިސެންސް ހިފަހައްޓައިފި އެވެ.
ސައިކަލު މަތީގައި މީހަކު އެއްފަރާތަކަށް އެނބުރި އިނދެގެން ބްރިޖުމަތީގައި ދުއްވާ ވިޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި އެވެ.
ފުލުހުން ބުނީ އެކަން ސަމާލުކަމަށް އައުމާ ގުޅިގެން އެ އުޅަނދާއި ދުއްވި ފަރާތް ދެނެގަނެފައިވާ ކަމަށެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވި މައްސަލާގައި ސައިކަލު 30 ދުވަހަށް ޓޯ ކޮށްފައިވާ ކަމަށާއި ސައިކަލު ދުއްވި މީހާގެ ސައިސެންސް ހިފަހައްޓައި ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދާދި ފަހުން ސައިކަލު މަތީ އޮށޯވެ އިނދެ ބްރިޖުމަތިން ބާރު ސްޕީޑެއްގައި ދުއްވާ ވީޑިއޯއެއް ވެސް އާންމުވި އެވެ. އެ މީހުންނަށް ވެސް ފުލުހުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.