ކާރަކާއި ސައިކަލެއް ޖެހި ދެ މީހަކަށް އަންނަނީ ފަރުވާދެމުން

ފުލުހުން ބުނީ މިއަދު ހެނދުނު 7:44 ގައި ރިޕޯޓު ކުރި އެ އެކްސިޑެންޓު ހިނގާފައި ވަނީ ފޭސް 2 ގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކާއި ސައިކަލުގެ ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށް އެކިވަރުގެ އަނިޔާ ލިބިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް ފޭސް 2 ގެ ވިނަރެސް ފްލެޓުތައް ކައިރީގައި ކާރަކާއި ސައިކަލެއ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ. އެ ހާދިސާގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އޮތީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގަ އެވެ.
ފުލުހުން އަންނަނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.