އާމްދަނީއަށް ކުރިއެރި އެރުން | ސަބްސިޑީ ހޭދަ 76% މަތި

ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 28.74 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 24.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %19.3 ގެ ބޮޑު އިތުރުވުމެކެވެ.

އެފްއެސްއެމްގެ ފިއުލް ޝެޑެއް: ތެލުގެ ސަބްސިޑީއަށް ބަދަލު ގެންނާނެ -- މި

ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ބޮޑުތަނުން ޚަރަދުތައް މައްޗަށް ގޮސް، ޚާއްސަކޮށް ސަބްސިޑީއާއި ދައުލަތް ހިންގުމުގެ ރިކަރަންޓް ޚަރަދުތައް އިންތިހާ އަށް ބޮޑުވެއްޖެކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ފާއިތުވެދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުން، މިމަހުގެ 20 ގެ ނޮޔަލަށް ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 28.74 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 24.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ޚަރަދުތައް މިހާ ބޮޑަށް އުފުލިފައިވާއިރު، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ދައުލަތުން އެހީއާއި ސަބްސިޑީއަށް ކުރަމުންދާ ހޭދަ އާދަޔާޚިލާފަށް އިތުރުވެފައިވުމެވެ. އެގޮތުން ހަމައެކަނި ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 76.3 ޕަސެންޓް އިތުރުވެ، 3.54 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ އިތުރުން އާސަންދައަށް ކުރި ހަރަދުވެސް ވަނީ 13.5 ޕަސެންޓް އިތުރުވެ، 1.43 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.

ހަރަދުތަކުގެ މައިގަނޑު ތަފްސީލު

  • ރިކަރަންޓް ޚަރަދު - 25 ބިލިއަން ރުފިޔާ (20.8 ޕަސެންޓް އިތުރުވެފައި)
  • މުސާރައާއި އިނާޔަތްތައް - 9.39 ބިލިއަން ރުފިޔާ (11.1 ޕަސެންޓް އިތުރުވެފައި)
  • އިދާރީ އަދި ހިންގުމުގެ ޚަރަދު - 15.54 ބިލިއަން ރުފިޔާ (27 ޕަސެންޓް އިތުރުވެފައި)
  • ކައުންސިލް ގްރާންޓް - 1.66 ބިލިއަން ރުފިޔާ (15.8 ޕަސެންޓް އިތުރުވެފައި)
  • ކެޕިޓަލް ޚަރަދު - 3.75 ބިލިއަން ރުފިޔާ (10.2 ޕަސެންޓް އިތުރުވެފައި)

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދަށް ބަލާއިރު، ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު (%47.1) އަދި ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ޚަރަދު (63.9 ޕަސެންޓް) ވަނީ އިތުރުވެފަ އެވެ. ނަމަވެސް، މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 32.1 ޕަސެންޓް ދަށްވެފަ އެވެ.

ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ހަރަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވީ ނަމަވެސް، ދައުލަތަށް ލިބުނު އާމްދަނީ ވަނީ އުއްމީދީ ކުރިއެރުމެއް ހޯދާފަ އެވެ. މިމަހުގެ 20 ގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.4 ޕަސެންޓްގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ހިއްސާއެއް އަދާކޮށްފައިވަނީ ފަތުރުވެރިކަމުގެ ނަގާ ޓީޖީއެސްޓީ އިންނެވެ. މި ދާއިރާއިން އެކަނިވެސް 7.39 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 7.4 ޕަސެންޓްގެ ކުރިއެރުމެކެވެ. މީގެ އިތުރުން ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީ 5.55 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 20.5 ޕަސެންޓްގެ ކުރިއެރުމެކެވެ. މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރުވެސް ވަނީ ދެގުނައަށްވުރެ އިތުރުވެ، 455.7 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.