އެސްއެމްއީ ބޭންކުގެ މޮބައިލް އެޕާއެކު އެސްއެމްއީ ޑިޖިޓަލްގެ ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް އެދުމުގެ ހިދުމަތް ފަސޭހަ ވެގެންދާނެ އެވެ.

"އެސްއެމްއީ ޑިޖިޓަލް" ގެ މޮބައިލް އެޕްލިކޭޝަން ލޯންޗްކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ހިދުމަތަކަށް އެދުން ފަސޭހަކޮށް ދީފި އެވެ.
މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތަޢާރަފްކުރި މި މުހިންމު އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ. މިއީ އެސްއެމްއީ ޑިޖިޓަލް ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރާ ދަތުރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ވިދާޅުވި ގޮތުގައި އަބަދުވެސް އަމާޒަކީ ވިޔަފާރިވެރިންނަށް ޚިދުމަތް ހޯދަން ފަސޭހަވާނެ ޑިޖިޓަލް ޙައްލުތައް ހޯދައިދިނުމެވެ. އަދި މޮބައިލް އެޕް ތައާރަފް ކުރުމުން ރަމްޒުކޮށްދެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތެކެވެ.