ކާރެއް ފޭރިގެން އެކްސިޑެންޓް ކޮށްލި މީހާ 15 ދުވަހަށް ބަންދު

މަސްތުގެ ހާލަތުގައި ކާރު ދުއްވަން އިނީ ފުވައްމުލަކު މިސްކިތްމަގު، އަންދާޒު، އަހުމަދު އައުނުﷲ އެވެ. އޭނާ ރޭ ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދަށް މިއަދު ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކާރު ފޭރިގެން އެކްސިޑެންޓް ކޮށްލި މީހާގެ ވަނަވަރު --

ފުވައްމުލަކު ސިޓީގައި މަސްތުގެ ހާލަތުގައި އެއްފަހަރާ ތިން އެކްސިޑެންޓްކޮށް، ކާރަކަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އިއްޔެ އިރުއޮއްސި 18:22 އެހައިކަންހާއިރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ގޮސް އެ ކާރު ވަނީ ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރަކާއި ރުކެއްގައި ޖައްސައި ވަނީ އެކްސިޑެންޓް ކޮށްލާފަ އެވެ.

މަސްތުގެ ހާލަތުގައި ކާރު ދުއްވަން އިނީ ފުވައްމުލަކު މިސްކިތްމަގު، އަންދާޒު، އަހުމަދު އައުނުﷲ އެވެ. އޭނާ ރޭ ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދަށް މިއަދު ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު، ގަދަކަމުން ކާރު އަތުލައިގެން ގޮސްގެން ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކާރުގެ ވެރިފަރާތަކީ އެ ފިރިހެން މީހާގެ އަންހެނުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.