އެސްޓީއޯ ކޮންސްޓްރަކްޝަން އިން ޤައުމީ އިންޖިނީއަރުންގެ ދުވަސް ފާހަގަކޮށްފި

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ދާއިރާއިން ކިޔަވަމުން އަންނަ ކުދިންނަށް ހާއްސަކޮށްގެން، އެސްޓިއޯގެ ޓްރެއިނިންގެ އިންސްޓިޓިއުޓްގައި އިވެންޓެއް ވަަނީ ކުރިއަށްގެންދެވިފައެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ޤައުމީ އިންޖިނީރުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މި އަހަރުގެ ޤައުމީ އިންޖީނިއަރުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އެސްޓީއޯ އިން ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮއްސައެވެ. ކޮންމެ އަހަރެއްގެ ވެސް 30 އޮގަސްޓް ވަނަ ދުވަހު ޤައުމީ އިންޖީނިއަރުންގެ ދުވަސް ފާހަގަ ކުރަމުން އަންނައިރު މި އަހަރު އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ބޭއްވި ހަރަކާތްތަށް އަމާޒު ކުރެވިގެން ދިޔާއީ، އިންޖީނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށެވެ.

އެގޮތުން، މި ދާއިރާއިން ކިޔަވަމުން އަންނަ ކުދިންނަށް ހާއްސަކޮށްގެން، އެސްޓިއޯގެ ޓްރެއިނިންގެ އިންސްޓިޓިއުޓްގައި އިވެންޓެއް ވަަނީ ކުރިއަށްގެންދެވިފައެވެ. ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގްގެ ދަރިވަރުންނާއި އެކު ކުރިއަށް ގެންދެވުނު މި އިވެންޓު ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުޤީއެވެ. ޗާންސެލަރ ގެ އިތުރުން އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް، އަދި އެސްޓީއޯ  އަދި އެމްއެންޔޫގެ އިސްވެރިން އިވެންޓުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އިވެންޓުގައި، އެސްޓީއޯ ކޮންސްޓްރަކްސް ސޮލިއުޝަންސުން، ރާއްޖޭގެ ކޮންސްޓްރަކްޝަންސް ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭގޮތުން، ބައިވެރިންނަށް ކުރުގޮތަކަށް މައުލޫމާތު ދެވިގެން ދިޔަ އެވެ.

މި އިވެންޓަށްފަހު އިވެންޓުގައި ބައިވެރިވި ދަރިވަރުންނާއިއެކު ސައިޓް ވިޒިޓްތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންގެ ރެޑީމިކްސް ކޮންކްރީޓް އުފައްދާ ސައިޓަށް ޒިޔާރަތްކޮށް އަދި އެތަނުގެ ކޮންކްރީޓް ލެބްގައި ކުރެވޭ މަސައްކަތްތަށް، ބައިވެރިންނަށް ދައްކާލެވިގެންދިޔައެވެ. މީގެ އިތުރުން، މަކިޓާ ޝޯރޫމްއަށާއި ނިޕޯން ޕެއިންޓްގެ ކަލަރ މިކްސިންގެ ޓެކްނޮލޮޖީގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށްވެސް ބައިވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އިންޖިނިއަރިންގެ ޓެކްނިކަލް އެންމެ ބޮޑު އެއް މަސައްކަތްކަމަށްވާ އެލަވޭޓާ / ލިފްޓް އިންސްޓޮލޭޝަން މަސައްކަތް ކުރާ ސައިޓަކަށް ޒިޔާރަތްކޮށް އަމަލީގޮތުން މިމަސައްކަތް ކުރާގޮތް ވަނީ ދައްކާލެވިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.