ރިސާޗްތައް ހެދޭ ގޮތަށް ރާއްޖޭގައި އިންޖިނިއަރިން ކިޔަވައިދޭން މަތީ ފެންވަރުގެ އިމާރާތެއް އަޅަނީ

ކުރިއަށް އޮތް ދުވަސްތަކުގައި އިންޖީނިއަރިންގެ އެކިއެކި ދާއިރާތަކުން ތަހުލީލުތަކާއި ރިސާޗްތައް ކުރެވޭ 'ސްޓޭޓް އޮފް ދަ އާޓް' ގެ އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅު

ރައީސް ޑރ. މުހައްމަދު މުއިއްޒު --ފޮޓޯ: ރައީސް އޮފީސް

އިންޖިނިއަރިންގެ އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމާއި، އެކިއެކި ރިސާޗްތައް ކުރެވޭ ގޮތަށް މަތީ ފެންވަރު އިމްރާތެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ އިންޖިނިއަރުންގެ އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން އިތުރުކުރަން ބޭނުންފުޅުވާ ކަމަށާއި، އެކަމަށް ސަރުކާރުން އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި އިންޖީނިއަރިންގެ އެކިއެކި ދާއިރާތަކުން ތަހުލީލުތަކާއި ރިސާޗްތައް ކުރެވޭ 'ސްޓޭޓް އޮފް ދަ އާޓް' ގެ އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އިމާރާތުގައި ސިވިލް އިންޖިނިއަރުންނާއި، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސްފްޓްވެއާ އިންޖިނިއަރިން، އެއާކްރާފްޓް އަދި އެރޮނޯޓިކަލް އިންޖިނިއަރިން، ރޮބޮޓިކް، އޭއައި އަދި ޑިޖިޓަލް އިންޖިނިއަރިން، މިހެން ގޮސް އެކިއެކި އިންޖީނިއަރިން ދާއިރާތަކުން އެކި ކަހަލަ އެކްޕެރިމެންޓްތައް ހަދައި، އެކި ކަހަލަ ރިސާޗްތައް [ހެދޭނެ]،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އިމާރާތް ބިނާކުރައްވައި ހިންގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާނީ ދެމެހެއްޓެނިވި ގޮތެއްގައި، އަދި ދައުލަތުގެ ބަޖެޓުގައި ނުހިމަނާ ކަމަށެވެ.

"މިކަމަށްޓަކައި ބޭނުންވާ ފަންނީ މަސައްކަތްތަކާ މިކަމަށްޓަކައި ބޭނުންވާ އިންވެސްޓްމެންޓްގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނަން. މިކަން ކުރާނީ ސަރުކާރުގެ ބަޖެޓަށް ބުރަ ނުވާ ގޮތަށް، ދެމެހެއްޓެނިވި ގޮތަކަށް،" ރައީސް ވިދާޅުވި އެވެ.

އޭގެ ސަބަބުން ރާއްޖޭގައި އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިން އިތުރުވެ، އެ ދާއިރާއިން ރާއްޖެ ވަރަށް މަތީ ފެންވަރަކަށް ގެންގޮސްދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.