ބްރިޖަށް 8 އަހަރު: ރައީސް ވިދާޅުވީ އެއީ ޗައިނާ އަށް އޮތް އިތުބާރުގެ ރަމްޒެއް ކަމަށް

ރައީސް މިހެން ވިދާޅުވީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް އަށް އަހަރު ފުރުން ފާހަގަ ކުރައްވައި ކުރެއްވި ޕޯސްޓެއްގައި

ސިނަމާލެ ބްރިޖު--ފޮޓޯ: ހަތާވީސް

ސިނަމާލެ ބްރިޖުން ދައްކުވައި ދެނީ ރާއްޖެ އާއި ޗައިނާ ދެމެދު އޮތް އިތުބާރާއި ވަރުގަދަ ގުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ނަމުގައި 2018 ވަނަ އަހަރު ހުޅުވި ބްރިޖަށް އަށް އަހަރު ފުރުން ފާހަގަ ކުރައްވައި ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ، އެއާޕޯޓު އަދި ހުޅުމާލެ ގުޅުވައިދޭ އެ ބްރިޖަކީ ޗައިނާ އާއި ރާއްޖެ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

ޗައިނާ ރައީސް ޝީ ޖިންޕިންގެ ޒައާމަތުގެ ދަށުން އެ ގުޅުން އިތުރަށް ފުޅާވެ ވަރުގަދަވަމުން އަންނަ ކަމަށާއި އިތުރު ފުރުސަތުތަކެއް ވެސް ހުޅުވެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ބްރިޖަށް އަށް އަހަރު ފުރުން ފާހަގަ ކުރާއިރު އެ ގައުމާއެކު އޮތް އެކުވެރިކަން އިތުރަށް ވަރުގަދަ ކުރުމުގެ އަޒުމުގައި މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަން ކަށަވަރު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.