ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކުޑަކުއްޖެއްގެ ހާލު ސީރިއަސް

މި އެކްސިޑެންޓުގައި ހާލު ސީރިއަސް ވެފައި ވަނީ ސައިކަލު ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އެކުއްޖާގެ ބޯ ފަޅައިގެން ގޮސް، ވަރަށް ބައިވަރު ލޭ ވަނީ ފައިބައިފަ އެވެ.

މިރޭ އެކްސިޑެންޓްވި ސައިކަލު --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް ހަތެއްގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި ހާލު ސީރިއަސް ވެފައި ވަނީ ސައިކަލު ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އެކުއްޖާގެ ބޯ ފަޅައިގެން ގޮސް، ވަރަށް ބައިވަރު ލޭ ވަނީ ފައިބައިފަ އެވެ. 

އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ހަބަރު ހުސްވެފަ އެވެ. އެކުއްޖާއަށް މިވަގުތު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި، ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ. މިހާރު އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

އެނގިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިން މީހާއަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.