އެ ބަނދަރުތަކުން މިއަދު ބޮޑުކަންނެލީގެ 10-15 ކިލޯ ވިއްކަމުން ދަނީ 20ރ. އަށެވެ. 15 ކިލޯއިން މަތި ވިއްކަނީ 25ރ. އަށެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންގެ އަތުން ކަޅުބިލަ މަސް ގަންނަ އަގު 21 ރުފިޔާ އަށް ބޮޑުކޮށްފި އެވެ.
މިފްކޯ އިން މިއަދު ބުނީ، މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ ގޮތުގައި، ފެލިވަރު ބަނދަރާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކުއްޑޫ ފިޝަރީސް ކޮމްޕްލެކްސް، ގދ. ތިނަދޫ ބަނދަރާއި ލ. މާމެންދޫ ބަދަރާއި މާލޭ ބަނދަރުގެ އިތުރުން ރ. މަޑުއްވަރީ ބަނދަރުން ވެސް މިއަދު މަސް ގަންނަމުން ދަނީ 21ރ. އަށެވެ.
އެ ބަނދަރުތަކުން މިއަދު ބޮޑުކަންނެލީގެ 10-15 ކިލޯ ވިއްކަމުން ދަނީ 20ރ. އަށެވެ. 15 ކިލޯއިން މަތި ވިއްކަނީ 25ރ. އަށެވެ.
މިފްކޯއިން އެންމެ ފަހުން މަސް ގަންނަ އަގަށް ބަދަލު ގެނައީ މިދިޔަ ޖޫން މަހު އެވެ. އެ މަހު ވަނީ ކަޅުބިލަ މަސް ކިލޯއެއް 20ރ. އަށް ބޮޑުކޮށްފަ އެވެ.